ބޭނުންވާ ތަކެތި
35 އޯރިޔޯ ބިސްކޯދު (މީރުވައްތަރެއްގެ ބިސްކޯދެއް)
2 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ (ދިޔާކޮށްފަ)
1/2 ޖޫޑު ހަކުރު
2 ޖޯޑު ފިލްކްރީމް މިލްކް
2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
2 މޭޒުމަތީ ސަމުސާ ކޯންފުލާ
1 ސައި ސަމުސާ ވެނީލާ އެސެންސް
1 މޭޒުމަތީ ސަމުސާ ގެރިކިރު
2/1 ޖޯޑު ޑާކް ޗޮކްލެޓް
200 އެމް އެލް ވިޕިން ކްރީމް
1 ޖޯޑު ކްރީމް ޗީޒް
2 މޭޒުމަތީ ސަމުސާ ފުލްކްރީމް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ބިސްކޯދު މުގުރުމަށްފަހު ބަޓަރާ އެއްކޮށް ޓްރޭގައި އަތުރާށެވެ. އެއަށްފަހު ފްރިޖަށްލާ 10 ވަރަކަށް މިނެޓް ބަހައްޓާ ހަރުކޮށްލާށެވެ. ދެން 2 ޖޯޑު ފުލްކްރީމް، ހަކުރު ކޮކޯޕައުޑަރ ވެނީލާ އެސެންސް އަޅައިގެން އުނދުއްމަށްޗަށް އުދައި އޮލަކޮށްލާށެވެ. ގަނޑުވިޔަ ނުދީ ވަރަށް ރަނަގަޅަށް ދޭފަތަކުން ހަލަން ވާނެއެވެ. އެއަށްފަހު ކޯންފުލާވެސް އަޅާށެވެ. ދެން ޑާކު ޗޮކްލެޓް އަޅާ ދިޔާކުރުމަށްފަހު އެއްކޮށްލާށެވެ. ހުރިހާއެއްޗެއް އެއްކޮށް ރަނގަޅަށް އޮލަވުމުން އުނދުންމަތިން ބާލާށެވެ. އެއަށްފަހު ފްރިޖަށްލީ ބިސްކޯދް ޓްރޭ ނަގާ އޭގެ މައްޗަށް އަޅާލާށެވެ. ދެން ހިހޫ ކުރުމަށްފަހު އަނެއްކާވެސް ފުރިޖަށް ލުމަށްފަހު ވިޕިންކްރީމް ތައްޔާރުކޮށްލާށޭވެ. ކްރީމް ވިޕް ވުމުން ޗީޒް ވެސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު 1 ސަމުސާ ގެރިކިރުވެސް އަޅާ އެއްކޮށްލާށެވެ. ދެން އަނެއްކާވެސް ފްރިޖަށްލީ ޓްރޭ ނަގާ އޭގެ މައްޗަށް ވިޕް ކްރީމް ލެޔާވެސް އަޅާލާށެވެ. ދެން ބޭނުންނަމަ ޗޮކްލެޓް ކްރީމް ނޫނީ އެހެން ކްރީމަކުންވެސް ޑިޒައިން ކުރެވިދާނެއެވެ.
މިގޮތަށް ލެޔާތައް އަޅަމުން ދާއިރު ކޮންމެ ވައްތަރަކުން ދެލެޔާވެސް އެޅިދާނެއެވެ. (ޗޮކްލެޓް ލެޔާ އަކަށްފަހު ވިޕްކްރީމް ލެޔާއެއް)