ބޭނުންވާ ތަކެތި

1 ޖޯޑު ފުށް

ކުޑަ ލޮނުކޮޅެއް

1 ސައި ސަމުސާ ޔީސްޓް

1 ސައި ސަމުސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ބަޓަރ ނޫނީ މާޖިރިން ނޫނީތެޔޮ

2/1 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

ޔީސްޓް، ފެން، ހަކުރު، ލޮނު، ފުށް އެއްކޮށް މޮޑެލާށެވެ. 10 ވަރަކަށް މިނެޓް ވަންދެން މޮޑެލުމަށްފަހު މަތިޖެހި އެއްޗަކަށް ފުށްގަނޑު ލައި 15 ވަރަކަށް މިނެޓް ބާއްވާށެވެ. އެއަށްފަހު ޕިއްޒާ ފިހާ ތަވާގައި ފަތުރާލާފައި އަނެއްކާވެސް އިރުކޮޅަކު ފުފެލަންދެން ބާއްވާށެވެ.

މަސްގަނޑު ތައްޔާރުކުރުން

1 ފިޔާ ( ކުޑަ). 1 ލޮނުމެދު. 1 ޖޯޑު ކުކުޅު މަސް، ނޫނީ 1 ދަޅު ފެލިވަރުމަސް .1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް 1 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް. 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް . ކުޑަ ލީކްސް ކޮޅެއް. 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ، ކުދިކޮށް ކޮށާފައި. 2 މޭޒުމަތީ ސަމުސާ ކެޕްސިކަމް ކުދިކޮށް ކޮށާފައި، 1 ސައިސަމުސާ އަސޭމިރުސް. ބޭނުންނަމަ މަޝްރޫމްކޮޅެއް. 4 ފޮތި ސްލައިސް ޗީޒް.

ތަވަޔަކަށް މާޖިރިން ނޫނީ ތެޔޮ ފޮދެއް އެޅުމަށްފަހު ކޮށާފައި ހުރި ކުކުޅު ކޮޅު އަޅާ ރޯފިލުވާލާށެވެ. ދެން ކުކުޅު ކޮޅު ނެގުމަށްފަހު އެ ތަވައިގައި ފިޔާ ކޮޅު ވަޅޯ ކޮށްލާށެވެ. އެއަށްފަހު ހުރިހާ ތަރުކާރިއެއްވެސް އަޅާށެވެ. ދެން އަސޭމިރުހާއި ސޯސްތައް އަޅައި ކުކުޅު ކޮޅުވެސް އަޅާއި އެއްކޮށްލާށެވެ. އެއަށްފަހު ތަވާގައިވާ ފުށްގަނޑު މައްޗަށް މަސްގަނޑު އަޅާލާށެވެ. ދެން މައްޗަށް ޗީޒް އަޅާއި މަޑުގިނީގައި ފިހެލާށެވެ. ފިހާއިރު ތަވާގައި މަތި ޖަހަން ވާނެއެވެ.

ބައެއް މީހުން ތަވާ ޕިއްޒާ ފިހާއިރު މައްޗަށް އޮންނަ ފުށް މަސްގަނޑު އެޅުމުގެ ކުރިން ފިހެލައެވެ.