ކުރީގައިވާނީ ބާރގަރ ބަން ހަދާނެގޮތް ލިޔެފައެވެ. ވީމާ މިފަހަރު ކުކުޅު މަހާއި ސޯސް ތައް ހަދާނެ ގޮތް ލިޔެލާނަމެވެ.
ބޭނުންވާ ތަކެތި (ކުކުޅު މަސްތައްޔާރުކުރުން)
2/1 ކިލޯ ކުކުޅު (ބޯންލަސް ޗިކަން)
2 ސައިސަމުސާ ލޮނު
3 ޖޯޑު ފުށް
3 ސައިސަމުސާ ވިނިގާ
3 ޖޯޑު ފެން
½ 1 ސައިސަމުސާ ޗިކަން ޕައުޑަރ
1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕައުޑަރ
1 މޭޒުމަތީ ސަމުސާ މުގުރި މިރުސް
½ 1 ޖޯޑު ފެން
ކުޑަ ލޮނުކޮޅެއް
ތެޔޮ (ތެއްލުމަށް)
ތައްޔާރުކުރާނެ ގޮތް
ކުކުޅުމަސްތައް ފަތިކޮށް ކޮށުމަށްފަހު މަތީގައި ހަރު އެއްޗަކުން ތަޅާ ފަތި ކޮށްލާށެވެ. އެއަށްފަހު 3 ޖޯޑު ފެނަށް ވިނިގާ އަދި ލޮނުކޮޅެއް އެޅުމަށްފަހު ކުކުޅުމަސްތައް އެއަށް އަޅާ މަތި ޖެހުމަށްފަހު 2 ގަޑި އިރު ބަހަށްޓާށެވެ. އެއަށްފަހު ފުށާއި ލޮނު ޗިކަން ޕައުޑަރ މުގުރުމިރުސް އެއްކޮށްލާށެވެ. ދެން ކުކުޅުމަސްތައް ފެނުން ނަގާ ތައްޔާރުކުރި ފުށްގަޑަށް ލާ ރަނގަޅަށް ފުން އުނގުޅާލާށެވެ އެއަށްފަހު 1 ބައި ޖޯޑު ފެނުތެރަށް އަނެއްކާވެސް މަސްގަނޑު ލުމަށްފަހު ދެވަނަފަހަރަށް ފުށް އުނގުޅާށެވެ. ރަނަގަޅަށް މަހުގައި ފުތް ތަތްލެވުމުން ބޮޑު ތެޔޮގަޑެއްގައި ތެއްލާލާލާށެވެ.
ބާރގަ ސޯސް ތައްޔާރުކުރުން
2/1 ޖޯޑު މަޔޯނައިސް
2 މޭޒުމަތީ ސަމުސާ ހޮޓް ސޯސް
2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
½ 1 މޭޒުމަތީ ސަމުސާ މަސްޓަޑް ޕޭސްޓް
ކުޑަ ލޮނުކޮޅެއް
ބާރގަރ ސޯސް އަށް ބޭނުންވާ ހުރިހާއެއްޗެއް އެއްކޮށް ރަނގަޅަށް އޮލަ ވާނޭހެން ގިރާލާށެވެ.
ސްޕައިސީ މިކްސް ތައްޔާރުކުރާނެގޮތް (ކުޅި ހަވާދު)
2/1 ސަމުސާ ކުކުޅު ޕައުޑަރ
1 ސައިސަމުސާ ޕެޕްރިކާ ޕައުޑަރ
1 ސައިސަމުސާ އަސޭމިރުސް
1 ސައިސަމުސާ މުގުރި ދިރި
½ 1 ފިޔާ ޕައުޑަރ
½ 1 ސައިސަމުސާ ލޮނުމެދު ޕައުޑަރ
2/1 ސަމުސާ މުގުރި މިރުސް
ހުރިހާ ހިކި ހަވާދުގެ ބާވަތްތައް މަތި ޖެހިއެއްޗަކަށް އަޅާ އެއްކޮށްލުމަށްފަހު ތެއްލާފައި ހުރި ކުކުޅުތަކުގައި އުނގުޅާށެވެ. (މައްޗަށް ބުރުވާލާށެވެ.)
ބާރގަރ ތައްޔާރުކުރުން
ބާރގަރ ތައްޔާރުކުރުމަށް މަޔޯނައިސް، ސްލައިސް ޗީސް، ލެޓިޔުސް ފަތް / ޓޮމާޓޯ ފޮތި ބޭނުންވާނެއެވެ.
ބާރގަބަން ދެފަޅިއަށް ފަޅާލުމަށްފަހު ދެ ފަޅީގައިވެސް މަޔޯނައިސް އުނގުޅާށެވެ. އެއަށްފަހު ލެޓިޔުސް ފަތްކޮޅެއް އަޅާށެވެ. ދެން ތެއްލި ކުކުޅު ފޮތި ބާއްވާށެވެ. އެއަށްފަހު ޗީޒްފޮތްޗެއް ބާއްވާށެވެ. ދެން ޗީޒް ފޮތި މަތީ ޓޮމާޓޯ ނޫނީ ލެޓިޔުސް ފަތްކޮޅެއް ބޭއްވުމަށްފަހު މައްޗަށް ބާރގަރ ސޯސް އަޅާފައި ބާރގާގެ މަތި ބާއްވާ މެދަށް އިލޮށިކޮޅެއް ހަރާ ލާށެވެ.
ބާރަގަރ ސޯސް އަޅާއިރު އައިސިން ބޭގަކުން ނުވަތަ ފުޅިއަކުން އެޅުމުން ރީތިކޮށް ރޮނގަށްވާނޭހެން ސޯސް އެޅޭނެއެވެ.