ބޭނުންވާ ތަކެތި

1 ޖޯޑް ބަތް (ބާސްމަތީހަނޑޫ)

1 ސަމުސާ ތެޔޮ

1 އިންޗި އިނގުރު (ޗަސްކޮށްފައި)

2 ލޮނުމެދު (ޗަސްކޮށްފައި)

3 ތޮޅިމިރުސް (ކުދިކޮށް ކޮށާފައި)

4/3 ޖޯޑު ގްރީން ބީންސް (ކޮށާފައި)

4/3 ޖޯޑު ކެރެޓް (ކޮށާފައި)

4/3 ޖޯޑު ބޭބީ ކޯން (ކޮށާފައި)

4/3 ޖޯޑު ގްރީންޕީސް

2/1 މޭޒުމަތީ ސަމުސާ ހަކުރު

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ވައިޓް ޕެޕަރ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ވިނިގާ

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގައި ތެޔޮ ހޫނުކުރުމަށްފަހު އިނގުރާއި ލޮނުމެދުކޮޅު އަޅާ ކުޑަ އިރުކޮޅަކު ތެއްލާލާށެވެ. އެއަށްފަހު ހުރިހާ ތަރުކާރީތަކެއް އަޅައި ރޯސް ކޮށްލާށެވެ. ތަރުކާރީތައް އެހާ ބޮޑަށް މަޑުވިޔަ ނުދޭށެވެ. އެއަށްފަހު ބަތްކޮޅު އެއްކޮށްލާށެވެ. ދެން ހުރިހާ އެއްޗެއް އެއްކުރުމަށްފަހު ސޯޔާ ސޯސް އާއި ހަކުރު ވިނިގާ ވައިޓް ޕެޕަރ އެޅުމަށްފަހު އެއްކޮށް ލޮނުހެޔޮވަރު ކޮށްލާށެވެ.

ބޭނުންނަމަ މައްޗަށް ސްޕްރިން އޯނިޔަން ނުވަތަ ކޮރިއަންޑާލީފް ކޮޅެއް އަޅާލާށެވެ.