ބޭނުންވާ ތަކެތި

6 ބިސް

1 ދަޅު ގެރިކިރު

1 ޖޯޑު ފުލްކްރީމް މިލްކް

1 ސައިސަމުސާ ވެނީލާ އެސެންސް

3 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

2 މޭޒުމަތީ ސަމުސާ ހަކުރު

ތައްޔާރުކުރާނެ ގޮތް

ޕުޑިން ހަދާ ޓްރޭއަށް ހަކުރު އެޅުމަށްފަހު އުނދުން މައްޗަށް އުދާ ކެރެމަލް ކޮށްލާށެވެ. އެއަށްފަހު ބިހާއި ގެރިކިރު ކޮކޯޕައުޑަރ ވެނީލާ އެސެންސް ފުލް ކްރީމް އެއްކޮށް މިކްސަރުން ވަރަށް ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ކެރެމަލް ކުރި ޓްރޭ އަށް އަޅާލާށެވެ. ދެން ޓްރޭގައި މަތިޖެހުމަށްފަހު އާވިން ކައްކާލާށެވެ.

ޕުޑިން ރީތި ކޮށް ރޯފިލުމުން އެހެން ތަށްޓަކަށް ފުށުން ޖަހާލުމުން ކެރެމަލަތައް ރީތިކޮށް ތެތްކޮށް ހުންނާނެއެވެ.