އއ. މަތިވެރިން ކޮވިޑް-19 އަށް އިތުރު 18 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
މަތިވެރިން ބައްޔަށް ޕޮޒިޓިވްވި މީހުން، ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުންނެވެ. މިއާއެކު އެރަށުގަ މުޖުތަމަޢުގެ ތެރޭގައި ބަލި އޮތްކަމަށްވަނީ ކަނޑައަޅާފައެވެ. މަތިވެރީގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، ނެގޭ ސާމްޕަލަތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ.
މިމަހުގެ 21 ވަނަ ދުވަހު އެރަށުން ވަނީ ކޯވިޑްގެ އަލާމާތްތަކެއް ހުރެގެން 150 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 29 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، 18 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއުއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 37 އަށް އަރާފައެވެ.
މިހާރުވެސް އެރަށުން ނެގި ގިނަ ސާމްޕަލަކުގެ ނަތީޖާ ނުލިބޭއިރު، ޕެންޑިންގައިވެސް 180 ސާމްޕަލެއް ވެއެވެ.