ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 319 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 108 މީހުން ކަމަށް އެޗުޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 182 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 21 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ. ސިނާއީ އެކި ބޭނުމަށް ބޭނުން ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 8 މީހެކެވެ.

މިހާ ހިސާބަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 27،403 އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 3،207 މީހުންނެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 98 އެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 71 މީހުން މަރުވެފައެވެ. މިބަލިން މިހާތަނަށް ވަނީ 24،116 މީހުން ފަސޭހަވެފައެވެ.