ބޭނުންވާ ތަކެތި

1 ޖޯޑު ބަރަބޯ (ގާނާފައި)

1 ދަޅުޔ ގެރިކިރު

6 ބިސް

2 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ ހަކުރު

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ބިހާއި ކިރު ފެން ރަނގަޅަށް މިކްސަރުން ގިރާލާށެވެ. އެއަށްފަހު ފުރާނާލާށޭވެ. ދެން އެސެންސާއި ބަރަބޯ އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭ އަކަށް ހަކުރު އެޅުމަށްފަހު ކެރެމަލް ކޮށްލާށެވެ. (ހަކުރު ކޮޅު ވިރި ރަންކުލަ އަރަންދެން ކެއްކުން) ދެން ގިރި ޕުޑިން މިކްސް އެ ޓްރޭ އަށް އަޅާލާށެވެ. އެއަށްފަހު އާވިން ކައްކާލާށެވެ. އަވަނުގައި ފިހާނަމަ ޓޮރޭއަކަށް ފެން ފޮދެއް އަޅާ އެ ފެންފޮދު ތެރޭގައި ޕުޑިން ހަދާ ޓްރޭ ބެހެއްޓުމަށްފަހު މަތި ޖަހައިގެން ފިހެލާށެވެ.