ބޭނުންވާ ތަކެތި

2 ޕެކެޓް ނޫޑްލްސް

1 ދަޅު މަސް

2 ފިޔާ

2 ގިތެޔޮމިރުސް

2 ހިކަނދިފަތް

2/1 ޖޯޑު ހުނި

1 އިންޗި އިނގުރު

1 ލުނބޯގެ ހުތް

1 މޭޒުމަތީ ސަމުސާ ފުށް

ރަހަލާ ވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ފިޔަ އާއި މިރުސް ކޮށާލުމަށްފަހު އިނގުރު ގާނާލާށެވެ. އެއަށްފަހު ލުނބޮޔާއި ލޮނު އަދި ހުތް ޖަހައިގެން މޮޑެލާށެވެ. އެއަށްފަހު މަހާއި ހުނި އަޅައި އެއްކޮށްލާށެވެ. ދެން ނޫޑްލްސް ޕެކެޓްތައް ކުޑަކޮށް ފެނު ކައްކާލުމަށްފަހު މަސްގަޑާއެއްކޮށް މޮޑެލާށެވެ. ތަތްކޮށްލުމަށްޓަކައި ގޮދަންފުށްކޮޅުވެސް އެއްކޮށްލާށެވެ. އެއަށްފަހު ތަވައެއްގައި ތެޔޮ އުނގުޅުމަށްފަހު މަޑު ގިނި މަތީގައި ފިހެލާށެވެ. އަވަނުގައިވެސް މި ބޯކިބާ ފިހެވިދާނެއެވެ.