ސަޢުދީގެ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ނިކަމެތި އާއިލާތަކަށް ދެއްވި "އިފްޠާރު ޕެކޭޖް" ތައް އޭގެ ހައްގުވެރިންނަށް ބެހުމުގެ މަސައްކަތް ފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. "އިފްޠާރު ޕެކޭޖް" ބަހަމުން ގެންދަނީ އެހީ ޖަމްޢިއްޔާގެ އެހީތެރިކަމާ އެކުގައެވެ.

ސަޢުދީން ރާއްޖެއަށް އިފްޠާރު ޕެކޭޖުގެ 290 ޕެކޭޖް ހަދިޔާ ކުރައްވައިފައެވެ. މި ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވީ އިސްލާމިކް މިނިސްޓަރ އަޙުމަދު ޒާހިރެވެ. މިއީ ދިވެހިރާއްޖޭގެ ނިކަމެތި ޢާއިލާތަކަށް ހަދިޔާކުރުމަށް ސަޢުދީ ސަރުކާރުން ހަވާލުކޮށްފައިވާ ޕެކޭޖުތަކެކެވެ.

މިއިން ޕެކޭޖެއްގައި ހިމެނެނީ، ކުކިން އޮއިލް، މަސް ދަޅު،ޓޮމާޓޯ،ޕާސްތާ،ޖޫސް، ހަނޑޫ، ހަކުރު،ފުށް ފަދަ ސާނު ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިއީ އެފަދަ ޢާއިލާތަކުން ރޯދަ ވީއްލުމަށް ސަޢުދީން ހަދިޔާ ކުރެއްވި ޕެކޭޖުތަކެެކެެވެ.