ބ. އޭދަފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 99 އަށް އަރައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭ މެންދަމު 12 އިން ފެށިގެން މިރޭގެ 12 ޖެހުމާހަމައަށް އެރަށުން 49 މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވީ 99މީހުންނެވެ. އޭދަފުށިން މި ބައްޔަށް ޕޮޒިޓިވްްވި މީހުން މިހާރި މިވަނީ 100 އާ ގާތްކޮށްފައެވެ.

ޕޮޒިޓީވްވާ މީހުންނާ ކޮންޓެކްޓް ވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިއަދުވެސް 200 ވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ބ.އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

މިބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ފާއިތިވި ދުވަސްތައް ފާހަގަ ކުރެވެނީ ރާއްޖެއިން މިބައްޔަށް މީހުން ޕޮޒިޓިވްވާ މިންވަރު ވަރަށް އިތުރުވެގެން ގޮސްފާވާކަމެވެ. މާލެ ސަރަހައްދުގެ އިތުރަށް އަތޮޅުތެރޭގައިވެސް މިބަލި މިދަނީ ބާރު ސްޕީޑްގައި ފެތުރެމުންނެވެ.