މިފަހަކަށް އައިސް ދުވަހަކުވެސް މައްޗަށް ނުދާ މިންވަރަށް ޗައިނާގެ ރައީސް ޝީއާ ދެކޮޅުވެރި ޝުއޫރުތަކާއި ޚިޔާލުތައް އިންތިހާއަށް އިތުރު ވެފައިވާ ކަމަށް ޚިޔާލު ހޯދުންތަކުން ދައްކައިފިއެވެ.

މި ހޯދުން އައިސްފައި މިވަނީ ޗައިނާއިން ބައިނަލްއަގްވާމީ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ގޮތްތަކެއް ގެންގުޅެން ފައްޓާފައިވާ ދުވަސްވަރެއްގައެވެ. އަދި ޗައިނާއިން ދަނީ އެތައް މައިދާނެއްގައި އެތައް ފަރާތަކާ އެތައް ގޮތަކުން ކުރިމަތިލުންތަކެއް ހިންގަމުންނެވެ.

އެންމެ ގިނައިން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެކޮޅުވެރި މީހުން އުޅެނީ، އޮސްޓްރޭލިއާގައެވެ.

މިދިޔަ އަހަރު ހޯދާފައިވާ ޚިޔާލު ހޯދުމެއްގައި ޝީއަށް ނުރުހޭ މީހުންގެ ނިސްބަތް އޮސްޓްރޭލިއާގައި އުޅުނީ 24 އިންސައްތައިގައެވެ. މިހާރު މިނިސްބަތް އުޅެނީ، 81 އިންސައްތައިގައެވެ.

އޮސްޓްރޭލިޔާގައި ހުންނަވާ ޗައިނާ ސަފީރު ސިފަ ކުރެއްވި ގޮތުގައި ސްތްރޭލިއާ އަކީ ޗައިނާގެ ބޫޓްގެ ދަށްފުށުގައި ތަތް ލަވާފައިވާ ޗުއިންގަމް ކޮޅެއް ފަދަ ކަމެކެވެ!

އިނގިރޭސިންގެ މެދުގައި ޝީއަށް ނުރުހޭ މީހުންގެ ނިސްބަތް 74 އިންއަށް އަރާފައި ވެއެވެ. މިއީ 19 ޕޮއިންޓްގެ އިތުރު ވުމެކެވެ.

އެމެރިކާ މީހުންގެ މެދުގައި 13 ޕޮއިންޓްގެ އިތުރު ވުމެއް އައިސް ޝީއަށް ނުރުހޭ ނިސްބަތް އުޅެނީ 73 ގައެވެ.

2017ގައި ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތް އިރު އޮތް ވަރަށް ވުރެން 20 ޕަސެންޓްގެ އިތުރު ވުމެކެވެ.

ޕޯ ރިސަރޗް ސެންޓާ އިން ހަދާފައިވާ މި ޚިޔާލު ހޯދުމުގައި ސްޕެއިން، ޖަރމަނީ، ކެނެޑާ، ނެދަރލެންޑްސް އަދި ސައުތު ކޮރެއާ ޔޫކޭ، ޔޫއެސް، ސްވެޑްން އަދި އޮސްޓްރޭލިއާ މިހުރިހައި ތަނެއްގައިވެސް މީހުންގެ ނުރުހުން ވަނީ އިތުރު ވެފައެވެ. ބެލްޖިއަމް އާއި ޑެންމާރކްގައި ވެސް އެއްވަރަކަށް ނުރުހޭ މީހުން ގިނަވެފައި ވެއެވެ.

އެންމެ މަދު މިންވަރަކަށް ނުރުހޭ މީހުން އިތުރުވީ އިޓަލީވިލާތުގައެވެ. އެއީ 5 އިންސައްތައިގެ އިތުރު ވުމެކެވެ.

ޖަޕާންގައި 86 އިންސައްތަ މީހުން ޝީ ދެކެ ނުރުހޭކަމަށް ބުނިއިރު 9 އިންސައްތަ މީހުން ބުނީ އޭނާއަކީ އޯކޭ މީހެއް ކަމަށެވެ.

ޗައިނާގެ އަގު ވެށްޓުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ ކޮރޯނާ ވައިރަސް އެވެ.

ހުރިހައި ގައުމެއްގައި ހެން 61 ސައްތަ މީހުން ބުނީ ކޮރޯނާ ބޭރު ގައުމުތަކަށް ފެތުރިޔަ ނުދިނުމަށް ޗައިނާއިން އެދެވޭ މަސައްކަތެއް ކޮށްފައި ނުވާ ކަމުގައެވެ.

ޖުމުލަ ކޮށް 78 އިން ސައްތަ މީހުން ބުނެފައި ވަނީ ޝީ ދުނިޔެއަށް ހެވަކަށް ކަމެއް ކުރާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމުގައެވެ.