ބޭނުންވާ ތަކެތި

300 ގުރާމު ބޯންލެސް ޗިކަން ( ކައްކާފައި)

1 މޭޒުމަތީ ސަމުސާ ތެޔޮ

4 ތޮޅި މިރުސް

1 މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރި)

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

1 ސައިސަމުސާ ވިނިގާ

2 މޭޒުމަތީ ސަމުސާ މަޔޯނައިސް

2/1 ޖޯޑް ޗީޒް (ގާނާފައި)

8 ފޮތި ޕާން

1 ޖޯޑު ފާރޮށި ކުނޑި

4 ބިސް

ތެޔޮ ( ތެއްލަން)

ތައްޔާރުކުރާނެ ގޮތް

ތަވަޔަކަށް 1 ސަމުސާ ތެޔޮ އެޅުމަށްފަހު ފެނުކެއްކި ކުކުޅު ކޮޅު އަތުން ވީދާލާފައި އަޅާށެވެ. އެއަށްފަހު ތޮޅި މިރުސްކޮޅު ކުދިކޮށް ކޮށާލުމަށްފަހު އަޅާށެވެ. ދެން އަސޭމިރުސް މުގުރި މިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ސޯޔާ ސޯސް ޗިލީ ސޯސް ވިނިގާވެސް އަޅާށެވެ. ސޯސްތައް އަޅާ ނިމުމުން އުނދުން ނިއްވާލުމަށްފަހު މަޔޯނައިސް އާއި ޗީޒް އަޅާ އެއްކޮށްލާށެވެ.

ދެން ޕާން ފޮތި ތަކުގެ ކައިރި ނެގުމަށްފަހު ރޮށިދަމާ މަޅުގަނޑުމަތީގައި ދަމާލާށެވެ. ދަމާނީ ކުޑަކޮށް ޕާންފޮތްޗަށް އޮއްބަމުންނެވެ. އެއަށް ފަހު ތައްޔާރު ކުރި މަސްގަނޑުން ސަމުސަލެއްހައި މަސް އެޅުމަށްފަހު ރޯލްސް ހެން އޮޅާލާށެވެ. ދެން ނިމޭތަނާއި ދެކޮޅު ފެން ލާ ތަތްކޮށްލާށެވެ. އެއަށް ފަހު ބިސް ގިރައި ރޯލް ބިހުގައި ފޯކުރުމަށްފަހު ފާރޮށި ކުނޑި އުނގުޅައި ތެލުގައި ތެއްލާށެވެ. ތެލަށް އަޅާނީ ތެޔޮގަނޑު ރަނގަޅަށް ހޫނު ވުމުންނެވެ.