އީޖާދު ކުރިތާ ދެ ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ އިލެކްޓްރިކް ކާރަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ކާރުގެ ބާވަތެވެ. އެ ކާރު އީޖާދުކުރި އިރު އެ ކާރުގެ މަގުބޫލުކަން އިތުރުވި ސަބަބުތަކަކީ މިހާރުވެސް އެ ބާވަތުގެ ކާރު މަގުބޫލުވާ ސަބަބުތަކެވެ. އަގުތައް ތިރިވެ، ބޭނުންކުރާ ފަރާތްތަކަށް ހަރަދު ސަލާމަތްކުރެވޭ ގޮތެއްގެ ގޮތުގައި އޮތްހާ ހިނދަކު، ހައިބްރިޑް ކާރެއް، ޕްލަގް-އިން ހައިބްރިޑް ކާރެއް، ނުވަތަ މުޅިން އިލެކްޓްރިކް ކާރެއް ކަމަކު، އިލެކްޓްރިކް ކާރަށް އޮންނަ ބޭނުން ދާނީ އިތުރުވަމުންނެވެ. ދުނިޔޭގައި ވިކޭ ހުރިހާ ކާރެއްގެ ނިސްބަތުން %4.2 އަކީ އިލެކްޓްރިކް ކާރެވެ. އެއީ 2019 ގެ %2.5 އަށް ވުރެ ވަރަށް ބޮޑަށް އިތުރު އަދަދެކެވެ. މިހާ ބޮޑު ބޭނުމެއް (ޑިމާންޑް އެއް) އިލެކްޓްރިކް ކާރަށް އޮތުމުން އިލެކްޓްރިކް ކާރާ ބެހޭ ގޮތުން އިތުރަށް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
އިލެކްޓްރިކް އުޅަނދު އީޖާދުކުރުން
އެންމެ ފުރަތަމަ އިލެކްޓްރިކް އުޅަނދެއް އީޖާދު ކުރީ ވަކި ގައުމެއްގައި ވަކި ދުވަސް ވަރެއްގައި ކަމަށް ނިންމުމަކީ ދަތި ކަމެކެވެ. އިލެކްޓްރިކް ކާރަކީ އެކި އެކި އިޖާދުތަކާއި ފަރުމާކުރެވުނު އާލާތްތަކެއްގެ ސިލްސިލާއަކުން އުފެދުނު އުޅަނދެކެވެ. އޭގެ ތެރޭގައި އިލެކްޓްރިކް މޯޓަރާއި ބެޓެރީ ހިމެނެއެވެ.
ހަންގޭރީ، ހޮލަންޑް އަދި އެމެރިކާގައި، 19 ވަނަ ގަރުނުގެ ފެށުނުތާ ކައިރީގާ، ބެޓެރީގެ އެހީގައި ދުއްވިދާނެ އުޅަނދެއް އުފެއްދުމަށް، ބައެއް އިޖާދީން އެކިއެކި ތަހުލީލުތައް ކުރިއެވެ. އަދި އެންމެ ފުރަތަމަ ކުދި އިލެކްޓރިކް ކާރު އުފެއްދިއެވެ. ނަމަވެސް މީހުނަށް އެރޭވަރުގެ ކެރިއޭޖެއްގައި ބެޓެރި ހަރުކޮށްގެން އެންމެ ފުރަތަމަ ދުއްވީ، ހަމަ އެ ދުވަސްވަރު، އިނގިރޭސި އީޖާދީ ރޮބަރޓް އެންޑަރސަން ކެވެ. އެ ގަރުނު ދެބައިވި އިރު، އިނގިރޭސި އަދި ފަރަންސޭސި އީޖާދީން، އަމަލީ ގޮތުން ބޭނުން ކުރެވޭ އިލެކްޓްރިކް އުޅަނދު ތައްޔާރުކުރަން ފަށާފައިވެއެވެ.
އެމެރިކާގައި އެންމެ ފުރަތަމަ އިލެކްޓްރިކް ކާރެއް އުފެއްދީ 1890 ވަނަ އަހަރު، ވިލިއަމް މޮރިސަން އެވެ. ހަ ފަސިންޖަރުންނަށް އެރޭގޮތަށް އުފެއްދި އުޅަނދު ގަޑިއަކު 14 މޭލު ބާރުމިނުގައި ދުވިއެވެ. އެއީވެސް އަސްގާޑިޔަލެއްގެ ގާޑިޔާ ބަޔާ ވައްތަރު ކުރާ ސިފައަށް ތައްޔާރުކުރި އުޅަނދެއްކަމަކު، އޭގެ ސަބަބުން އިލެކްޓްރިކް ވެހިކަލް ތަރައްގީ ކުރުމުގެ ޝައުގު ފެތުރިގެން ދިޔައެވެ.
އެއަށް ފަހު، އެކިއެކި ދިމާލުގައި، މީހުން އިލެކްޓްރިކް ކާރު އުފައްދަމުން ދިޔައެވެ. 20 ވަނަ ގަރުނު ފެށުނު އިރު، މަގުމަތީގައި ދުއްވާ ކާރުގެ ތިންބައިކުޅަ އެއްބަޔަކީ އިލެކްޓްރިކް ކާރެވެ. އަދި ދެން އައި ދިހަ އަހަރު ވަންދެން އިލެކްޓްރިކް ކާރަށް އޮތް ޑިމާންޑް ދިޔައީ އިތުރުވަމުންނެވެ.
އިލެކްޓްރިކް ކާރުގެ ވެއްޓުން
އެދުވަސްވަރު އިލެކްޓްރިކް ކާރަށް ލިބެމުންދިޔަ އަހަންމިއްޔަތު ފުރިހަމައަށް ދެނެގަތުމަށް، އެދުވަސްވަރު އަމިއްލަ ބޭނުމަށް ލިބެންހުރި އެހެނިހެން އުޅަނދުތަކަށް ބަލާލަން ޖެހެއެވެ. 20 ވަނަ ގަރުނު ފެށުނު އިރު އަސްގާޑިޔަލަކީ އެންމެ އާންމު އުޅަނދެވެ. ނަމަވެސް މީހުން އިތުރަށް މުއްސަނދި ވި ވަރަކަށް، ކާރު ގަތުމަށް އަވަސް ވަމުން ދިޔައެވެ. އެއީ ސްޓީމް އިންޖީނު، ޕެޓްރޯލް ނުވަތަ އިލެކްޓްރިކް ކާރެވެ.
އިލެކްޓްރިކް ކާރަކީ ފެށުނީއްސުރެ އަޑުމަޑު، ދުން ބޭރުނުކުރާ، ވަސްގަދަ ނޫން، އޮމާންކޮށް ދުއްވޭ އުޅަނދެކެވެ. އެހެންކަމުން އެކާރުތަކަކީ ވަރަށް މަގުބޫލު ވެގެން ދިޔަ އުޅަނދެކެވެ. ހާއްސަ އަންހެން ޑްރައިވަރުންނަށް ފަސޭހަވި އުޅަނދެކެވެ. މައިގަނޑު އެއް ސަބަބަކީ ހެންޑެއްޔެއް ބޭނުންނުކޮށް ކާރު ސްޓާޓުކުރެވޭތީއެވެ. ސަހަރުތެރޭގައި ދުތުރުކުރުމަށް ވަރަށް ފަސޭހަ އުޅަނދެކެވެ. އެކަމަކު ދުރުތަންތަނަށް ދިއުމަށް ނުކުޅަދާނަ އުޅަނދެކެވެ. ކަރަންޓު ލިބުން ފަސޭހަވި ވަރަކަށް އެ ކާރުތައް ފަސޭހަކަމާއެކު ޗާޖުކުރަންވެސް މަގުފަހިވިއެވެ.
އިލެކްޓްރިކް ކާރުގެ ވެއްޓުމަކީ، ހެންރީ ފޯޑު އުފައްދަން ފެށި "މޮޑެލް ޓީ" ކާރެވެ. ވަކިން ހާއްސަކޮށް އޭގެ އަގެވެ. 1912ގައި އިލެކްޓްރިކް ކާރެއް ގަންނަން ލިބޭ އަގަކީ އެހެން ބާވަތެއްގެ ތިން ކާރުގެ އަގާ އެއްހަމަ އަގެކެވެ. އަދި ހަމަ އެ ދުވަސްވަރު ޗާލްސް ކެޓަރިންގް އުފެއްދި އިލެކްޓްރިކް ސްޓާޓަރ ގެ ސަބަބުން ކާރުގެ އިންޖީނު ރޯކުރަން ބޭނުންކުރި ހެންޑެލީގެ އުނދަގުލުން ސަލާމަތްވިއެވެ. އޭގެ އިތުރުން އެހެން ބައެއް ތަރައްގީވެސް އިލެކްޓްރިކް ކާރުގެ ވެއްޓުން ކަމުގައި މެދުވެރި ވި ނަމަވެސް، މި ދެ ތަރައްގީ – އަގާއި އިލެކްޓްރިކް ސްޓާޓަރ – ވެގެން ދިޔައީ ވިޔަފާރީގެ ގޮތުން އުފައްދަން ފައިދާ ނުވާ އެއްޗަކަށް އިލެކްޓްރިކް ކާރު ބަދަލުވުމަށް ދިމާވި މައިގަނޑު ދެ ސަބަބަށެވެ.
އިލެކްޓްރިކް ކާރު އަލުން ދިރުން
ތެލުގެ އަގު ބޮޑުވުމާއި، 1973 ގައި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގައި ތެޔޮ ލިބުން ދަތިވުމުން، ތެލާނުލާ ދުއްވޭނެ ކާރު އުފެއްދުމުގެ ޝައުގު ވެރިކަން އާލާވިއެވެ. އެގޮތުން އެންމެ ބޮޑެތި ފިޔަވަޅުތައް އެޅީ އެމެރިކާގެ ސަރުކާރުންނެވެ. ހައިބްރިޑް ކާރުތައް އީޖާދުކުރުމަށް ބާރުއަޅާ ގާނޫނުތަކާއި، ތަހުލީލު ކުރުމަށް ބާރުއަޅާ އެކަމަށް ފައިސާ ދިނުމުގެ ޕްރޮގްރާމް ތަކެއް ފެށިގެން ދިޔައެވެ.
ހަމަ އެދުވަސްވަރު، ކާރު އުފައްދާ ފަރާތްތަކުން ވެސް އެކިއެކި އެހެނިހެން ހަކަތައިން ދުއްވާ އުޅަނދުފަހަރު އީޖާދު ކުރުމަށް މަސައްކަތް ފެށިއެވެ. 1970 ގެ އަހަރުތަކުގައި އެކި އެކި އިލެކްޓްރިކް ކާރުކުގެ އެކިއެކި އާ މޮޑެލް ތައް އަލުން ފަރުމާކުރަން ފެށުނެވެ. މުޅިން އާ ނިޒާމުތައް އީޖާދުކުރެވި ތަރައްގީ ކުރެވުނެވެ.
އިލެކްޓްރިކް ކާރަށް ލިބުނު އެއް ކުރިއެރުމަކީ، ނާސާ އިން ހަނދުގައި އިލެކްޓްރިކް ކާރު ދުއްވުމެވެ.
ނަމަވެސް އެ ހުރިހާ މަސައްކަތަކުން ވެސް، އިލެކްޓްރިކް ކާރާ ވާދަ ކުރާ އެހެނިހެން ކާރުތަކަށް ވުރެ ކުރިޔަށް ޖެހެވޭ ގޮތެއް ނުވިއެވެ. އޭގެ ދުވެލި ގަޑިއަކު 45 މޭލަށް ވުރެ ބާރެއް ނޫނެވެ. އަދި އެންމެ ދުރުވެގެން ދެއްވެނީ 40 މޭލަށެވެ. އެއަށް ފަހު ޗާޖު ކުރަން ޖެހެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް އިލެކްޓްރިކް ކާރު
މިދިޔަ ގަރުނުގެ ފަހުކޮޅުގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ ސިނާއީ މެޝިންތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ވާހަކައެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުންހޮޅިން، ނުކުންނަ ދުމާއި ގޭހުގެ ސަބަބުން އޯޒޯން ފަށަލަ ހަލާކު ވުމާއި، ޖައްވު ނުސާފުވުމެވެ.
އެއާ ވިދިގެން އެކި ގައުމުތަކުން ގާނޫނުގެ ބޭނުންކޮށްގެން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ފެށިއެވެ. އޭގެ ތެރޭގައި "ސާފު ވައި" ގެ ޝިއާރުގައި ނެރުނު ބައެއް ގާނޫނުގެ އަމާޒަކީ ޖައްވަށް ބޭރުވާ ގޭސް މަދުކުރުމެވެ. ނަތީޖާއަކަށް ވީ، އިލެކްޓްރިކް ކާރު ތަރައްގީ ކުރުމަށް އިތުރަށް ޝައުގުވެރިކަން އުފެދުމެވެ.
ކާރެއް ފަރުމާކުރުމަކީ ހަމައެކަނި އާ އިންޖީނެއް ނޫނެވެ. އޭގެ "ބޮޑީ" ގެ ބައްޓަމަކީ ވަރަށް ގިނަ ތަހުލީލުތަކެއްގެ ނަތީޖާގެ މައްޗަށް ބިނާވާ އެއްޗެކެވެ. އެހެންކަމުން، ކާރު އުފައްދާ ބައެއް ކުންފުނިތަކުން، އާންމުންނަށް އެންމެ މަގުބޫލު ކާރުގެ މޮޑެލްތަކުގައި އިލެކްޓްރިކް އިންޖީނު އަޅަންފެށިއެވެ. އެއީ، ކާމިޔާބުކަމާއެކު ފަރުމާ ކުރެވި، އުފައްދަމުންދާ މޮޑެލްއެއްގެ އިންޖީނު ބަދަލު ކޮށްލުން، މުޅިން އާ މޮޑެލް އެއް ފަރުމާ ކުރުމަށް ވުރެ، ފަސޭހަވެފައި، ފައިދާ ބޮޑުވީތީއެވެ. އޭގެ ސަބަބުން، އެ މޮޑެލް ތަކުގެ ސްޕީޑްވެސް ގަޑިއަކު 60 މޭލަށް ދުވާވަރަށް ހަލުވިވިއެވެ. އަދި ޗާގުނުކޮށް ދުއްވޭ ދުރުމިންވެސް ދެގުނައަށް އިތުރުވިއެވެ.
އެހެން ނަމަވެސް، 1990 ގެ އަހަރުތަކުގައި ތެލުގެ އަގު ދަށަށް ދިއުމުގެ ސަބަބުން، މަދުން ތެޔޮ އަންދާ ކާރެއްގެ ބޭނުން އެހާ ބޮޑެއް ނުވިއެވެ. އިލެކްޓްރިކް ކާރު ތަރައްގީ ކުރުމުގެ ޝައުގުވެރިކަން އޮތީ ހަމައެކަނި ކާރު އުފައްދާ ކުންފުނިތަކާއި ބައެއް ސައިންޓިސްޓުންގެ ލަބޯޓަރީގައި އެކަންޏެވެ.
އާ ފެށުމެއް
މި ގަރުނު ފެށުނީ ހައިބްރިޑް އިލެކްޓްރިކް ކާރާއެކުއެވެ. އެއީ ޓޮޔޯޓާ އިން އުފެއްދި "ޕްރިއަސް" ހައިބްރިޑް ކާރެވެ. (ހައިބްރިޑް ކާރަކީ އާދައިގެ ޕެޓްރޯލް އިންޖީނަކާއެކު، އިންޖީނުން ޗާޖުކުރާ ބެޓެރީ އާއި އިލެކްޓްރިކް ކާރެއްގެ މޯޓަރުތައް ހުރުމެވެ. އޭގެ ނަތީޖާއަކީ، އާދައިގެ ކާރުތަކާ ވާދަ ކުރެވޭ ފެންވަރުގެ ކާރަކަށް ވެފައި، ތެޔޮ އަންދާ މިންވަރު ވަރަށް ކުޑަ ވުމެވެ.) ޓޮޔޯޓާގެ "ޕްރިއަސް" ވެގެން ދިޔައީ ހައިބްރިޑް ކާރުގެ ދިރުން ކަމުގައެވެ. އަދި މިހާތަނަށް އެންމެ ބާރަށް ވިކެމުންދިޔަ ހައިބްރިޑް ކާރުކަމުގައެވެ.
އޭގެ އަހަރުތަކެއް ފަހުން، 2006 ގައި، ޓެސްލާ މޯޓަރސްއިން، މުއްސަނދިންނަށް އަމާޒުކޮށްގެން، އީޖާދުކުރި ލަގްޒަރީ އިލެކްޓްރިކް ކާރު ("ރޯޑްސްޓަރ") ގައި އަޅާފައިވާ ބެޓެރީގެ ސަބަބުން، ޗާޖު ނުކޮށް 200 މޭލަށް ދުވެއެވެ. މި ކާރު ވެގެން ދިޔައީ އިލެކްޓްރިކް ކާރު އަލުން ދިރުވި ކާރު ކަމަށެވެ. އެ ކާރުގެ ކާމިޔާބީއަށް ބަލާފައި، އެމެރިކާ ސަރުކާރުން ޓެސްލާއަށް ލޯނުދީގެން، އެ ކާރު ގިނައަދަދަކަށް އުފެއްދޭނެ ފެންވަރުގެ ކާރުހާނާ އެއް ހެއްދުވިއެވެ. ނަތީޖާއެއްގެ ގޮތުން، އިލެކްޓްރިކް ކާރަކީ ނެތިދިއުމެއް ނެތް އެއްޗަކަށް ވިއެވެ. ޓެސްލާ އަށް ދިން ލޯން، ވެސް އެންމެ ނުވަ އަހަރު ތެރޭ ދައްކާ ނިންމިއެވެ.
ޓެސްލާގެ ކާމިޔާބާ އެކު، އެހެން ކުންފުނިތަކުންވެސް އިލެކްޓްރިކް ކާރު ފަރުމާކޮށް، ތަރައްގީ ކުރުމަށް މަސައްކަތް އަލުން ފެށިއެވެ. ނަތީޖާއަކަށް ވީ، އިލެކްޓްރިކް ކާރުގެ އަގުތައް ތިރިއަށް ދިއުމެވެ. އަގު ތިރި ވުމުން، ގިނަ މީހުން ގަންނަންފެށިއެވެ. އަދި، އެއްވެސް ތެލެއް އަންދާ އުޅަނދަކަށް ނުވާތީ، ތިމާވެށި ހިމާޔަތްކުރުމަށް ގޮވުންތައް ގޮވާ ފަރާތްތައްވެސް އިލެކްޓްރިކް ކާރު ގަތުމަށް ތަރުހީބު ދޭން ފެށިއެވެ.
ޗާޖު ކުރުން
އިލެކްޓްރިކް ކާރުގެ ދުއްވޭ އެންމެ ދުރުމިން، ނުވަތަ އޭގެ ރޭންޖް އިތުރުކުރެވުނަސް، އެއްއަށް ވުރެ ދުރު ދަތުރު ކުރެވޭނީ، ޗާޖު ކުރެވޭނެ ތަންތަން ހުރެގެންނެވެ. ދުނިޔޭގައި ކުރިއަރާފައިވާ ހުރިހާ ގައުމެއްގައިވެސް، އިލެކްޓްރިކް ކާރުގެ ރޭންޖުގެ ދުރުމިނުގައި، ހައިވޭތަކާ އިންވެގެން، ކުރީއްސުރެ ޕެޓްރޯލް ސްޓޭޝަންތައް ހުންނަ ފަދައިން، އިލެކްޓްރިކް ކާރު ރިޗާޖިންގް ސްޓޭޝަންތައް ގާއިމުކޮށްފައި މިހާރު އެބަހެއްޓެވެ. ނުވަތަ ދަނީ ގާއިމު ކުރަމުންނެވެ. ހަމައެކަނި އެމެރިކާގައި 100،000 (އެއް ލައްކަ) ޗާޖިންގް ޕޮއިންޓު މިހާތަނަށް ގާއިމު ކޮށްފައި އެބަހެއްޓެވެ. އެހެންކަމުން، އިލެކްޓްރިކް ކާރެއްގައި ދުރު ދަތުރުތައްވެސް ކުރެވެއެވެ.
ޗާޖުކުރުމަކީ ވަގުތު ނަގާ ކަމެކެވެ. އެހެންވެ، ޗާޖު ކުރުމަށް ބޭނުންވާ ވަގުތު ކުރު ކުރުމަކީވެސް ކާރު އުފައްދާ ފަރާތްތަކުން ވަރަށް ވާދަވެރިކަމާއެކު ބަލާކަމެވެ. އެހެނީ، މީހުން ކާރު ގަންނައިރު، އެފަދަ ކާރު ޗާޖު ކުރުމަށް ބޭނުން ވަގުތަށް ބަލާނެއެވެ. އެގޮތުން، ބައިގަޑި އިރު ތެރޭގައި ކާރުގެ ބެޓެރީ ޗާޖު ކުރެވޭ ފެންވަރަށް އެކަމުގެ ފަންނީއާލާތްތައް ތަރައްގީ ވެފައި ވެއެވެ. ބައިގަޑިއިރަކީ ކޮފީއެއް ބޯލެވޭހާ ވަގުތުކަމުގައި އެ ފަރާތްތަކުން ދައުވާ ކުރެއެވެ.
ނަމަވެސް ބައިގަޑިއިރުވެސް މަޑުކުރަން ބޭނުން ނުވާ މީހުން މަދެއް ނޫނެއެވެ. ޕެޓްރޯލް އަޅަން ނަގާ ފަސްމިނެޓުން، ކާރުގެ ބެޓެރީ ޗާޖު ވާންޖެހެއެވެ. އެހެން ކަމުން، އިލެކްޓްރިކް ކާރު އުފައްދާ ފަރާތްތަކުން ބަލަމުން ދަނީ، ޗާޖު މަދު ވެފައިވާ ބެޓެރީ، ފުރިހަމައަށް ޗާޖުވެފައިވާ ބެޓެރީއަކާ ބަދަލު ކޮށްލެވޭނެ ("ބެޓެރީ ސްވޮޕް") ނިޒާމެއް ގާއިމުކުރުމަށެވެ. އޭރުން، ފަސް މިނެޓުތެރޭ ކާރުގެ ޗާޖު ފުރިހަމަވެގެން، ދަތުރުކުރިއަށް ގެންދެވޭނެއެވެ.
އިލެކްޓްރިކް ކާރު ޗާޖު ކުރުމަށް، ޗާޖިންގް ސްޓޭޝަނެއް ކޮންމެހެން ބޭނުމެއް ނޫނެވެ. ކަރަންޓު ހުރި ކޮންމެ ތަނެއްގައިވެސް ކާރު ޗާޖު ކުރެވޭނެއެވެ. އެހެން ކަމުން ދިވެހިރާއްޖޭގައިވެސް އިލެކްޓްރިކް ކާރު ދުއްވާތާ އަހަރު ތަކެއް ވެއްޖެއެވެ. މުސްތަގުބަލަކީ އިލެކްޓްރިކް ކާރުގެ ދައުރުކަމުގައި ބުނުމަކީ ކުށަކަށް ނުވާނެއެވެ.
ދަތުރުފަތުރު
މިއީ ދަތުރުފަތުރާބެހޭ ސިލްސިލާ ލިޔުންތަކެކެވެ. (އަދަދު ނަންބަރު: 12)
އިލެކްޓްރިކް ކާރުގެ ވާހަކައީޖާދު ކުރިތާ ދެ ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ އިލެކްޓްރިކް ކާރަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ކާރުގެ ބާވަތެވެ. އެ ކާރު އީޖާދުކުރި އިރު އެ ކާރުގެ މަގުބޫލުކަން އިތުރުވި ސަބަބުތަކަކީ މިހާރުވެސް އެ ބާވަތުގެ ކާރު މަގުބޫލުވާ ސަބަބުތަކެވެ. އަގުތައް ތިރިވެ، ބޭނުންކުރާ ފަރާތްތަކަށް ހަރަދު ސަލާމަތްކުރެވޭ ގޮތެއްގެ ގޮތުގައި އޮތްހާ ހިނދަކު، ހައިބްރިޑް ކާރެއް، ޕްލަގް-އިން ހައިބްރިޑް ކާރެއް، ނުވަތަ މުޅިން އިލެކްޓްރިކް ކާރެއް ކަމަކު، އިލެކްޓްރިކް ކާރަށް އޮންނަ ބޭނުން ދާނީ އިތުރުވަމުންނެވެ. ދުނިޔޭގައި ވިކޭ ހުރިހާ ކާރެއްގެ ނިސްބަތުން %4.2 އަކީ އިލެކްޓްރިކް ކާރެވެ. އެއީ 2019 ގެ %2.5 އަށް ވުރެ ވަރަށް ބޮޑަށް އިތުރު އަދަދެކެވެ. މިހާ ބޮޑު ބޭނުމެއް (ޑިމާންޑް އެއް) އިލެކްޓްރިކް ކާރަށް އޮތުމުން އިލެކްޓްރިކް ކާރާ ބެހޭ ގޮތުން އިތުރަށް ދެނެގަތުމަކީ މުހިންމު ކަމެކެވެ.
އިލެކްޓްރިކް އުޅަނދު އީޖާދުކުރުންއެންމެ ފުރަތަމަ އިލެކްޓްރިކް އުޅަނދެއް އީޖާދު ކުރީ ވަކި ގައުމެއްގައި ވަކި ދުވަސް ވަރެއްގައި ކަމަށް ނިންމުމަކީ ދަތި ކަމެކެވެ. އިލެކްޓްރިކް ކާރަކީ އެކި އެކި އިޖާދުތަކާއި ފަރުމާކުރެވުނު އާލާތްތަކެއްގެ ސިލްސިލާއަކުން އުފެދުނު އުޅަނދެކެވެ. އޭގެ ތެރޭގައި އިލެކްޓްރިކް މޯޓަރާއި ބެޓެރީ ހިމެނެއެވެ.
ހަންގޭރީ، ހޮލަންޑް އަދި އެމެރިކާގައި، 19 ވަނަ ގަރުނުގެ ފެށުނުތާ ކައިރީގާ، ބެޓެރީގެ އެހީގައި ދުއްވިދާނެ އުޅަނދެއް އުފެއްދުމަށް، ބައެއް އިޖާދީން އެކިއެކި ތަހުލީލުތައް ކުރިއެވެ. އަދި އެންމެ ފުރަތަމަ ކުދި އިލެކްޓރިކް ކާރު އުފެއްދިއެވެ. ނަމަވެސް މީހުނަށް އެރޭވަރުގެ ކެރިއޭޖެއްގައި ބެޓެރި ހަރުކޮށްގެން އެންމެ ފުރަތަމަ ދުއްވީ، ހަމަ އެ ދުވަސްވަރު، އިނގިރޭސި އީޖާދީ ރޮބަރޓް އެންޑަރސަން ކެވެ. އެ ގަރުނު ދެބައިވި އިރު، އިނގިރޭސި އަދި ފަރަންސޭސި އީޖާދީން، އަމަލީ ގޮތުން ބޭނުން ކުރެވޭ އިލެކްޓްރިކް އުޅަނދު ތައްޔާރުކުރަން ފަށާފައިވެއެވެ.
19 ވަނަ ގަރުނުގެ އިލެކްޓްރިކް ކާރެއް
އެމެރިކާގައި އެންމެ ފުރަތަމަ އިލެކްޓްރިކް ކާރެއް އުފެއްދީ 1890 ވަނަ އަހަރު، ވިލިއަމް މޮރިސަން އެވެ. ހަ ފަސިންޖަރުންނަށް އެރޭގޮތަށް އުފެއްދި އުޅަނދު ގަޑިއަކު 14 މޭލު ބާރުމިނުގައި ދުވިއެވެ. އެއީވެސް އަސްގާޑިޔަލެއްގެ ގާޑިޔާ ބަޔާ ވައްތަރު ކުރާ ސިފައަށް ތައްޔާރުކުރި އުޅަނދެއްކަމަކު، އޭގެ ސަބަބުން އިލެކްޓްރިކް ވެހިކަލް ތަރައްގީ ކުރުމުގެ ޝައުގު ފެތުރިގެން ދިޔައެވެ.
އެއަށް ފަހު، އެކިއެކި ދިމާލުގައި، މީހުން އިލެކްޓްރިކް ކާރު އުފައްދަމުން ދިޔައެވެ. 20 ވަނަ ގަރުނު ފެށުނު އިރު، މަގުމަތީގައި ދުއްވާ ކާރުގެ ތިންބައިކުޅަ އެއްބަޔަކީ އިލެކްޓްރިކް ކާރެވެ. އަދި ދެން އައި ދިހަ އަހަރު ވަންދެން އިލެކްޓްރިކް ކާރަށް އޮތް ޑިމާންޑް ދިޔައީ އިތުރުވަމުންނެވެ.
އިލެކްޓްރިކް ކާރުގެ ވެއްޓުންއެދުވަސްވަރު އިލެކްޓްރިކް ކާރަށް ލިބެމުންދިޔަ އަހަންމިއްޔަތު ފުރިހަމައަށް ދެނެގަތުމަށް، އެދުވަސްވަރު އަމިއްލަ ބޭނުމަށް ލިބެންހުރި އެހެނިހެން އުޅަނދުތަކަށް ބަލާލަން ޖެހެއެވެ. 20 ވަނަ ގަރުނު ފެށުނު އިރު އަސްގާޑިޔަލަކީ އެންމެ އާންމު އުޅަނދެވެ. ނަމަވެސް މީހުން އިތުރަށް މުއްސަނދި ވި ވަރަކަށް، ކާރު ގަތުމަށް އަވަސް ވަމުން ދިޔައެވެ. އެއީ ސްޓީމް އިންޖީނު، ޕެޓްރޯލް ނުވަތަ އިލެކްޓްރިކް ކާރެވެ.
އިލެކްޓްރިކް ކާރަކީ ފެށުނީއްސުރެ އަޑުމަޑު، ދުން ބޭރުނުކުރާ، ވަސްގަދަ ނޫން، އޮމާންކޮށް ދުއްވޭ އުޅަނދެކެވެ. އެހެންކަމުން އެކާރުތަކަކީ ވަރަށް މަގުބޫލު ވެގެން ދިޔަ އުޅަނދެކެވެ. ހާއްސަ އަންހެން ޑްރައިވަރުންނަށް ފަސޭހަވި އުޅަނދެކެވެ. މައިގަނޑު އެއް ސަބަބަކީ ހެންޑެއްޔެއް ބޭނުންނުކޮށް ކާރު ސްޓާޓުކުރެވޭތީއެވެ. ސަހަރުތެރޭގައި ދުތުރުކުރުމަށް ވަރަށް ފަސޭހަ އުޅަނދެކެވެ. އެކަމަކު ދުރުތަންތަނަށް ދިއުމަށް ނުކުޅަދާނަ އުޅަނދެކެވެ. ކަރަންޓު ލިބުން ފަސޭހަވި ވަރަކަށް އެ ކާރުތައް ފަސޭހަކަމާއެކު ޗާޖުކުރަންވެސް މަގުފަހިވިއެވެ.
އިލެކްޓްރިކް ކާރުގެ ވެއްޓުމަކީ، ހެންރީ ފޯޑު އުފައްދަން ފެށި "މޮޑެލް ޓީ" ކާރެވެ. ވަކިން ހާއްސަކޮށް އޭގެ އަގެވެ. 1912ގައި އިލެކްޓްރިކް ކާރެއް ގަންނަން ލިބޭ އަގަކީ އެހެން ބާވަތެއްގެ ތިން ކާރުގެ އަގާ އެއްހަމަ އަގެކެވެ. އަދި ހަމަ އެ ދުވަސްވަރު ޗާލްސް ކެޓަރިންގް އުފެއްދި އިލެކްޓްރިކް ސްޓާޓަރ ގެ ސަބަބުން ކާރުގެ އިންޖީނު ރޯކުރަން ބޭނުންކުރި ހެންޑެލީގެ އުނދަގުލުން ސަލާމަތްވިއެވެ. އޭގެ އިތުރުން އެހެން ބައެއް ތަރައްގީވެސް އިލެކްޓްރިކް ކާރުގެ ވެއްޓުން ކަމުގައި މެދުވެރި ވި ނަމަވެސް، މި ދެ ތަރައްގީ – އަގާއި އިލެކްޓްރިކް ސްޓާޓަރ – ވެގެން ދިޔައީ ވިޔަފާރީގެ ގޮތުން އުފައްދަން ފައިދާ ނުވާ އެއްޗަކަށް އިލެކްޓްރިކް ކާރު ބަދަލުވުމަށް ދިމާވި މައިގަނޑު ދެ ސަބަބަށެވެ.
އިލެކްޓްރިކް ކާރު އަލުން ދިރުންތެލުގެ އަގު ބޮޑުވުމާއި، 1973 ގައި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގައި ތެޔޮ ލިބުން ދަތިވުމުން، ތެލާނުލާ ދުއްވޭނެ ކާރު އުފެއްދުމުގެ ޝައުގު ވެރިކަން އާލާވިއެވެ. އެގޮތުން އެންމެ ބޮޑެތި ފިޔަވަޅުތައް އެޅީ އެމެރިކާގެ ސަރުކާރުންނެވެ. ހައިބްރިޑް ކާރުތައް އީޖާދުކުރުމަށް ބާރުއަޅާ ގާނޫނުތަކާއި، ތަހުލީލު ކުރުމަށް ބާރުއަޅާ އެކަމަށް ފައިސާ ދިނުމުގެ ޕްރޮގްރާމް ތަކެއް ފެށިގެން ދިޔައެވެ.
ހަމަ އެދުވަސްވަރު، ކާރު އުފައްދާ ފަރާތްތަކުން ވެސް އެކިއެކި އެހެނިހެން ހަކަތައިން ދުއްވާ އުޅަނދުފަހަރު އީޖާދު ކުރުމަށް މަސައްކަތް ފެށިއެވެ. 1970 ގެ އަހަރުތަކުގައި އެކި އެކި އިލެކްޓްރިކް ކާރުކުގެ އެކިއެކި އާ މޮޑެލް ތައް އަލުން ފަރުމާކުރަން ފެށުނެވެ. މުޅިން އާ ނިޒާމުތައް އީޖާދުކުރެވި ތަރައްގީ ކުރެވުނެވެ.
އިލެކްޓްރިކް ކާރަށް ލިބުނު އެއް ކުރިއެރުމަކީ، ނާސާ އިން ހަނދުގައި އިލެކްޓްރިކް ކާރު ދުއްވުމެވެ.
އިލެކްޓްރިކް ކާރު ނާސާ އިން، ހަނދުގައި ދުއްވި
ނަމަވެސް އެ ހުރިހާ މަސައްކަތަކުން ވެސް، އިލެކްޓްރިކް ކާރާ ވާދަ ކުރާ އެހެނިހެން ކާރުތަކަށް ވުރެ ކުރިޔަށް ޖެހެވޭ ގޮތެއް ނުވިއެވެ. އޭގެ ދުވެލި ގަޑިއަކު 45 މޭލަށް ވުރެ ބާރެއް ނޫނެވެ. އަދި އެންމެ ދުރުވެގެން ދެއްވެނީ 40 މޭލަށެވެ. އެއަށް ފަހު ޗާޖު ކުރަން ޖެހެއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް އިލެކްޓްރިކް ކާރުމިދިޔަ ގަރުނުގެ ފަހުކޮޅުގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ ސިނާއީ މެޝިންތަކުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ވާހަކައެވެ. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ދުންހޮޅިން، ނުކުންނަ ދުމާއި ގޭހުގެ ސަބަބުން އޯޒޯން ފަށަލަ ހަލާކު ވުމާއި، ޖައްވު ނުސާފުވުމެވެ.
އެއާ ވިދިގެން އެކި ގައުމުތަކުން ގާނޫނުގެ ބޭނުންކޮށްގެން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ފެށިއެވެ. އޭގެ ތެރޭގައި "ސާފު ވައި" ގެ ޝިއާރުގައި ނެރުނު ބައެއް ގާނޫނުގެ އަމާޒަކީ ޖައްވަށް ބޭރުވާ ގޭސް މަދުކުރުމެވެ. ނަތީޖާއަކަށް ވީ، އިލެކްޓްރިކް ކާރު ތަރައްގީ ކުރުމަށް އިތުރަށް ޝައުގުވެރިކަން އުފެދުމެވެ.
ކާރެއް ފަރުމާކުރުމަކީ ހަމައެކަނި އާ އިންޖީނެއް ނޫނެވެ. އޭގެ "ބޮޑީ" ގެ ބައްޓަމަކީ ވަރަށް ގިނަ ތަހުލީލުތަކެއްގެ ނަތީޖާގެ މައްޗަށް ބިނާވާ އެއްޗެކެވެ. އެހެންކަމުން، ކާރު އުފައްދާ ބައެއް ކުންފުނިތަކުން، އާންމުންނަށް އެންމެ މަގުބޫލު ކާރުގެ މޮޑެލްތަކުގައި އިލެކްޓްރިކް އިންޖީނު އަޅަންފެށިއެވެ. އެއީ، ކާމިޔާބުކަމާއެކު ފަރުމާ ކުރެވި، އުފައްދަމުންދާ މޮޑެލްއެއްގެ އިންޖީނު ބަދަލު ކޮށްލުން، މުޅިން އާ މޮޑެލް އެއް ފަރުމާ ކުރުމަށް ވުރެ، ފަސޭހަވެފައި، ފައިދާ ބޮޑުވީތީއެވެ. އޭގެ ސަބަބުން، އެ މޮޑެލް ތަކުގެ ސްޕީޑްވެސް ގަޑިއަކު 60 މޭލަށް ދުވާވަރަށް ހަލުވިވިއެވެ. އަދި ޗާގުނުކޮށް ދުއްވޭ ދުރުމިންވެސް ދެގުނައަށް އިތުރުވިއެވެ.
އެހެން ނަމަވެސް، 1990 ގެ އަހަރުތަކުގައި ތެލުގެ އަގު ދަށަށް ދިއުމުގެ ސަބަބުން، މަދުން ތެޔޮ އަންދާ ކާރެއްގެ ބޭނުން އެހާ ބޮޑެއް ނުވިއެވެ. އިލެކްޓްރިކް ކާރު ތަރައްގީ ކުރުމުގެ ޝައުގުވެރިކަން އޮތީ ހަމައެކަނި ކާރު އުފައްދާ ކުންފުނިތަކާއި ބައެއް ސައިންޓިސްޓުންގެ ލަބޯޓަރީގައި އެކަންޏެވެ.
އާ ފެށުމެއްމި ގަރުނު ފެށުނީ ހައިބްރިޑް އިލެކްޓްރިކް ކާރާއެކުއެވެ. އެއީ ޓޮޔޯޓާ އިން އުފެއްދި "ޕްރިއަސް" ހައިބްރިޑް ކާރެވެ. (ހައިބްރިޑް ކާރަކީ އާދައިގެ ޕެޓްރޯލް އިންޖީނަކާއެކު، އިންޖީނުން ޗާޖުކުރާ ބެޓެރީ އާއި އިލެކްޓްރިކް ކާރެއްގެ މޯޓަރުތައް ހުރުމެވެ. އޭގެ ނަތީޖާއަކީ، އާދައިގެ ކާރުތަކާ ވާދަ ކުރެވޭ ފެންވަރުގެ ކާރަކަށް ވެފައި، ތެޔޮ އަންދާ މިންވަރު ވަރަށް ކުޑަ ވުމެވެ.) ޓޮޔޯޓާގެ "ޕްރިއަސް" ވެގެން ދިޔައީ ހައިބްރިޑް ކާރުގެ ދިރުން ކަމުގައެވެ. އަދި މިހާތަނަށް އެންމެ ބާރަށް ވިކެމުންދިޔަ ހައިބްރިޑް ކާރުކަމުގައެވެ.
އޭގެ އަހަރުތަކެއް ފަހުން، 2006 ގައި، ޓެސްލާ މޯޓަރސްއިން، މުއްސަނދިންނަށް އަމާޒުކޮށްގެން، އީޖާދުކުރި ލަގްޒަރީ އިލެކްޓްރިކް ކާރު ("ރޯޑްސްޓަރ") ގައި އަޅާފައިވާ ބެޓެރީގެ ސަބަބުން، ޗާޖު ނުކޮށް 200 މޭލަށް ދުވެއެވެ. މި ކާރު ވެގެން ދިޔައީ އިލެކްޓްރިކް ކާރު އަލުން ދިރުވި ކާރު ކަމަށެވެ. އެ ކާރުގެ ކާމިޔާބީއަށް ބަލާފައި، އެމެރިކާ ސަރުކާރުން ޓެސްލާއަށް ލޯނުދީގެން، އެ ކާރު ގިނައަދަދަކަށް އުފެއްދޭނެ ފެންވަރުގެ ކާރުހާނާ އެއް ހެއްދުވިއެވެ. ނަތީޖާއެއްގެ ގޮތުން، އިލެކްޓްރިކް ކާރަކީ ނެތިދިއުމެއް ނެތް އެއްޗަކަށް ވިއެވެ. ޓެސްލާ އަށް ދިން ލޯން، ވެސް އެންމެ ނުވަ އަހަރު ތެރޭ ދައްކާ ނިންމިއެވެ.
ޓެސްލާ ގެ "ރޯޑްސްޓަރ" (2006)
ޓެސްލާގެ ކާމިޔާބާ އެކު، އެހެން ކުންފުނިތަކުންވެސް އިލެކްޓްރިކް ކާރު ފަރުމާކޮށް، ތަރައްގީ ކުރުމަށް މަސައްކަތް އަލުން ފެށިއެވެ. ނަތީޖާއަކަށް ވީ، އިލެކްޓްރިކް ކާރުގެ އަގުތައް ތިރިއަށް ދިއުމެވެ. އަގު ތިރި ވުމުން، ގިނަ މީހުން ގަންނަންފެށިއެވެ. އަދި، އެއްވެސް ތެލެއް އަންދާ އުޅަނދަކަށް ނުވާތީ، ތިމާވެށި ހިމާޔަތްކުރުމަށް ގޮވުންތައް ގޮވާ ފަރާތްތައްވެސް އިލެކްޓްރިކް ކާރު ގަތުމަށް ތަރުހީބު ދޭން ފެށިއެވެ.
ޗާޖު ކުރުންއިލެކްޓްރިކް ކާރުގެ ދުއްވޭ އެންމެ ދުރުމިން، ނުވަތަ އޭގެ ރޭންޖް އިތުރުކުރެވުނަސް، އެއްއަށް ވުރެ ދުރު ދަތުރު ކުރެވޭނީ، ޗާޖު ކުރެވޭނެ ތަންތަން ހުރެގެންނެވެ. ދުނިޔޭގައި ކުރިއަރާފައިވާ ހުރިހާ ގައުމެއްގައިވެސް، އިލެކްޓްރިކް ކާރުގެ ރޭންޖުގެ ދުރުމިނުގައި، ހައިވޭތަކާ އިންވެގެން، ކުރީއްސުރެ ޕެޓްރޯލް ސްޓޭޝަންތައް ހުންނަ ފަދައިން، އިލެކްޓްރިކް ކާރު ރިޗާޖިންގް ސްޓޭޝަންތައް ގާއިމުކޮށްފައި މިހާރު އެބަހެއްޓެވެ. ނުވަތަ ދަނީ ގާއިމު ކުރަމުންނެވެ. ހަމައެކަނި އެމެރިކާގައި 100،000 (އެއް ލައްކަ) ޗާޖިންގް ޕޮއިންޓު މިހާތަނަށް ގާއިމު ކޮށްފައި އެބަހެއްޓެވެ. އެހެންކަމުން، އިލެކްޓްރިކް ކާރެއްގައި ދުރު ދަތުރުތައްވެސް ކުރެވެއެވެ.
އިލެކްޓްރިކް ކާރު ޗާޖިންގް ސްޓޭޝަނެއް (ޗައިނާ)