ބޭނުންވާ ތަކެތި

200 ގުރުރާމު ފުށް

3 ކުކުޅުބިސް

30 ގުރާމު މާޖިރިން ނުވަތަ އަންސޯލްޓެޑް ބަޓަރ

4 ބިސް

500 އެމް އެލް ފެން

ތެޔޮ (ތެއްލަން)

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފެންފޮދުގެ ތެރެއަށް މާޖިރިން ނުވަތަ ބަޓަރ އަޅައިގެން ބޮކި ޖަހަންދެން ކައްކާލާށެވެ. އެއަށްފަހު މަޑުގިނީގައި ބަހައްޓައިގެން ފުށްކޮޅު އަޅާއިގެން އެއްކުރާށެވެ. ރަނގަޅަށް ފުށްގަނޑު އެއްވުމުން އުނދުންމަތިން ބޭލުމަށްފަހު ފަހަރަކު ބިހެއް އެއްކުރަމުން ރަނގަޅަށް އޮލަވެ އެއްވަންދެން ފުށްގަނޑު ގިރާށެވެ. ފުށް މޮޑޭ މިކްސަރެއްނަމަ 5 މިނެޓްވަންދެން ޖައްސާށެވެ. ދެން އައިސިން ބޭގްގަ ސްޓާރ ނޮޒުލް ސެޓް ކޮށްލުމަށްފަހު ފުށްގަނޑު އެއަށް އަޅާށެވެ. އެއަށްފަހު ތާހަށް ތެޔޮ އަޅާ ތެޔޮ ގަނޑު ހޫނުވުމުން ބޭގުގައި ވާފުށްގަނޑު ފިތަމުން ކާމަރަނގަ ޝޭޕަށް ވާނޭހެން ތެޔޮ ތާސް ތެރެއަށް އަޅާ ތެއްލާލާށެވެ. މި ގޮތަށް ތެއްލާއިރު އުނދުން ބަހައްޓާނީ މަޑު ގިނީގައެވެ. އަދި ކާމަރަނގަ އަށް ރަން ކުލަ އަރަންދެން ތެއްލަންވާނެއެވެ.

ފަނި ތައްޔާރުކުރުން

300 ގުރާމު ހަކުރު

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

2 ޖޯޑު ފެން

2/1 ލުނބޯ ހުތް

ހަކުރާއި ފެން އެސެންސް އަޅައިގެން ފަނިގަނޑު ރަނަގަޅަށް ކައްކާލާށެވެ. އެއަށްފަހު ހަކުރު ފެން ހިހޫވަންދެން ބަހައްޓާށެވެ. ދެން ތެއްލި ކާމަރަނގަތައް ހަކުރު ފެނަށް އެޅުމަށްފަހު އަވަހަށް ނަގާށެވެ.