މެންގޯ ކުލްފީ މިއީ ދޮން އަނބުން ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި

3 ޖޯޑު ފުލް ކްރީމް މިލްކް

1 މޭޒުމަތީ ސަމުސާ ހިކި ކިރު

1 ޖޯޑު ދޮން އަނބު ( ކޮށުމަށްފަހު މިކްސަރުގައި ހިމުން ކޮށްފައި)

2/1 ޖޯޑު ހަކުރު

ކުޑަ ކޭސަރު ކޮޅެއް

2 މޭޒުމަތީ ސަމުސާ ނަޓް ( ކަޖޫ/ޕިސްޓާޗިޔޯ/އަލަމަނޑް، ބޮޑެތިކޮށް މުގުރާފައި)

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގައި ފުލް ކްރީމް ކެއްކުމަށް އުދާށެވެ. ދެން އެއަށް ހަކުރާއި ހިކި ކިރުވެސް އަޅައި އެއްކޮށްލާށެވެ. އޮލަވާން ފެށުމުން ބަދަނާއި ކޭސަރު އަޅާށެވެ. އެއަށް ފަހު ކެއްކި ކިރު ހިހޫ ކުރާށެވެ. ހިހޫވުމުން މިކްސް ކޮށްފާ ހުރި އަނބު އަޅާ އެއްކޮށްލާށެވެ. ރަނަގަޅަށް އެއްވުމުން ކުލްފީ ހަދާ ޓްރޭއަށް ނުވަތަ ތައްޓަށް އަޅައި އައިސް އަލަމާރީ ގަނޑުކުރާބައިގައި 7 ނޫނީ 8 ގަޑި އިރު ބަހައްޓާ ގަނޑު ކޮށްލާށެވެ.