ބޭނުންވާ ތަކެތި

1 ޖޯޑު ފެން

2/1 ޖޯޑު ހަކުރު

1 ސައިސަމުސާ ވެނީލާ އެސެންސް

ކުޑަ ކުލަކޮޅެއް

2 ޖޯޑު ފުލް ކްރީމް މިލްކް

3 މޭޒުޒުމަތީ ސަމުސާ ހަކުރު

2/1 ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި (ބޭނުންނަމަ)

2/1 ފްރެޝް ކްރީމް

2 ސައިސަމުސާ ކޯން ފޮލާ

16 ފާރޮށި ( ކުދި ރެކްޓޭންގަލް ޝޭޕް)

70 ގުރާމު ނަޓް

ތައްޔާރުކުރާނެ ގޮތް

ތެއްޔެއްގައި ފެން ހޫނު ކުރުމަށްފަހު 2/1 ޖޯޑު ހަކުރު އަދި ބޭނުންނަމަ، ކާކުލަ ކޮޅެއް އަޅާށެވެ. އެއަށްފަހު 10 ވަރަކަށް މިނެޓު ކައްކާލާށެވެ. އެއަށްފަހު އެހެން ތެއްޔެއްގައި 2 ޖޯޑު ކިރު ކަށްކާށެވެ. ބޭނުންނަމަ ފޮނި ތޮށި ނޫނީ ކާފޫރު ތޮޅި މުގުރާފަ އަޅާށެވެ. ނޫނީ ބޭނުން އެސެންސެއްވެސް އެޅިދާނެއެވެ. އެއަށްފަހުފްރެޝް ކްރީމް އަޅާށެވެ. ދެން 2 ސަމުސާ ކޯންފުލާ ކިރުފޮދެއްގައި ގިރާފައި އަޅާލާށެވެ. ދެން ރަނގަޅަށް އޮލަވަންދެން ކައްކާލާށެވެ.

އެއަށްފަހު ޓްރޭއެއްގައި ފުރަތަމަ ފާރޮށިތައް އަތުރާށެވެ. އެއަށްފަހު ފާރޮށި ތައް މައްޗަށް ހަކުރު ފަނި އަޅާށެވެ. ހަކުރު ފަނި ހުންނަންވާނީ ހޫނު ކޮށެވެ. އެއީ ފާރޮށި ތައް ކުޑަކޮށް ފޯކޮށްލުމަށެވެ. ދެން އޮލަކުރި މިލް ލެޔާ އެއް އަޅާށެވެ. އެއަށްފަހު އަނެއްކާވެސް ފާރޮށި ލެޔާރ އެއް އަޅާށެވެ. ދެން ކެއްކި ހަކުރު އަނެއްކާވެސް މިލްކް ލެޔާ އެއް އެޅުމަށްފަހު މައްޗަށް ބޭނުންވައްތަރެއްގެ ނަޓް އަޅާށެވެ. އެއަށްފަހު އައިސް އަލަމާރިއަށް ލައި 2 ގަޑި އިރެއްހާއިރު ބަހައްޓާ ފިނިކޮށްލާށެވެ.