ކުރިއަށް މިއޮތް ހަފްތާތަކުގައި ފަރަންސޭސިވިލާތުގެ ފަނޑިޔާރުންގެ އިންސްޓިއުޓުން ގްރެޖުއޭޓްވެގެން ނިކުންނަ ޒުވާން ފަނޑިޔާރުންގެ ތެރޭން ބައެއްގެ މައްސަލަތައް ބަލަން ފަށައިފިއެވެ. މީޑިއާ ޕާޓް ވެބްސައިޓްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފަރަންސޭސި ފަނޑިޔާރުން ތަމްރީންކުރާ އިންސްޓިއުޓްގެ މިހާރުގެ ބެޗްގައި ބައެއް ފަރާތްތަކުން ވަނީ ނަސްލީ ދެކޮޅުވެރިކަމުގެ ޕޯސްޓްތަކެއް އެމީހުންގެ ބްލޮގައި ޕޯސްޓް ކޮށްފައެވެ. އޭގައި އަރަބިންނާ ދެކޮޅު ޝިއާރުތައް ފާޅުކޮށް އަރަބިން ފަރަންސޭސިވިލާތުން ބޭރު ކުރުމަށް ގޮވާލާފައި ވެއެވެ.

މީޑިއާ ޕާޓް ބުނާ ގޮތުން ބްލޮގްގައި މި ޕޯސްޓްތައް ފެނުމުން، މިކަން ފަނޑިޔާރުން ތަމްރީން ކުރާ އިދާރާއަށް އެންގުމުން އެފަރާތުން ފޮނުވީ އެންމެނަށް ޖުމުލަކޮށް ނަސޭހަތެކެވެ. ނަމަވެސް ބައެއް ދަރިވަރުން އިތުރަށް މިކަމާ ދެކޮޅަށް ވާހަކަ ދެއްކުމުން މި މައްސަލަ ބަލަން ނިންމީއެވެ.

އިސްލާމޯފޯބިއާއަކީ ފަރަންސޭސިވިލާތުގައި މހާރު އާންމު މައްސަލައެކެވެ.

އަލްޖަޒާއިރު އިސްތިއުމާރުކޮށް މިލިއަން މީހުން މަރާލި މައްސަލާގައި މައާފަށް އެދުމަށް ހުށަހެޅުމުން ފަރަންސޭސި ރައީސް ވަނީ އެކަމަށް ބީރު ކަންފަތެއް ދެއްވާފައެވެ.

ޕެރިސްގެ އައިފެލް ޓަވަރ ހެދުމަށް އަލްޖަޒާއިރުގެ ހުރިހައި ދަނގަނޑެއް ފަރްންސޭސިވލާތުން ވަގަށް ނެގުމުން އެކަމަށް ބަދަލު ހޯދަން އެދުމުން އެކަމަށްވެސް ދެއްވާފައި ވަނީ ބީރު ކަންފަތެކެވެ.