ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 386 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 105 މީހުން ކަމަށް އެޗުޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 198އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 6 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ. ސިނާއީ އެކި ބޭނުމަށް ބޭނުން ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 77 މީހެކެވެ.

މިހާ ހިސާބަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 28,588 އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 4,009 މީހުންނެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 119 އެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 71 މީހުން މަރުވެފައެވެ. މިބަލިން މިހާތަނަށް ވަނީ 24,499 މީހުން ފަސޭހަވެފައެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި ޓެސްޓް ކުރުމަށް ނަގާފައިވަނީ 3،289 ސާމްޕަލެވެ.