އޮސްޓްރޭލިއާގެ އަންހެނަކު ވިހެއި ކުއްޖެއްގެ ބޮލުގެ އިސްތަށިގަނޑު ގަދަމުން ޑޮކްޓަރުން ޙައިރާން ވެއްޖެއެވެ.
ޢުމުރުން 34 އަހަރުގެ ޔާމިނީ ބަޑްކަރ ބުނެފައިވާ ގޮތުގައި ދަރިފުޅު ގޮވައިގެން މަގުމަތިންދާ އިރު ވެސް މީހުން އޭނާ ހުއްޓުވައި ހަމަހުގެ އަންހެން ދަރިފުޅުގެ އިސްތަށިގަނޑާ ބެހޭގޮތުން ސުވާލުކޮށްހަދާ ކަމަށެވެ.
ޔާމިނީއަކީ ކުރިން ފްލައިޓް އޓެންޑެންޓް އެއް ގޮތުގައި މަސްއްކަތް ކުރި އަންހެނެކެވެ. މިހާރު އޭނާ ދިރިއުޅޭނީ އޭނާގެ ފިރިމީހާއެކީ ޑާރވިންގައި އެވެ. އެންމެ ފުރަތަމަ ދަރިފުޅު ނިތުޔާ ފެނުމުން އޭނާ ވެސް ބަސް ހުއްޓުނު ކަމަށް ޔާމިނީ ބުނެފައިވެއެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ އެފަދަ ހާލަތެއްގައި ކަމަށްވެސް ޔާމިނީ ބުނެފައިވެއެވެ.
ދަރިފުޅަށް ބަނޑުބޮޑުއިރު އޭނާގެ މެއިން ވަރަށް ގަދަޔަށް އަބަދުވެސް ދިލަ ނެގިކަމަށް އޭނާ ބުނެފައިވެއެވެ. އެހެންވަނީ ލިބެން އުޅޭ ދަރިފުޅަކީ ބޯ އިސްތަށިގަނޑެއް އޮންނަ ކުއްޖަކަށް ވާނެތީ ކަމަށް މުސްކުޅިން ކިޔާއުޅެއެވެ.
ޔާމިނީއާއި އޭނާ ގެ ފިރިމީހާއަކީ އިންޑިއާ ދަރިކޮޅަކުން އައިސްފައިވާ ދެމީހުންނެވެ. އެމީހުންގެ އިސްތަށިގަނޑު ޅައިރު ބޯވާނެ ކަމަށާއި ނަމަވެސް ދަރިފުޅު ނިތުޔާގެ ބޯ އިސްތަށިގަނޑާއި ގާތަށް ވެސް އެމީހުންގެ އިސްތަށިގަނޑު ގަދަ ނުވާނެކަމަށް ޔާމިނީ ބުނެފައިވެއެވެ.
ދަރިފުޅުގެ އެހާބޯ ދިގު އިސްތަށިގަނޑެއް އޮންނާތީ ގެންގުޅެން އުނދަގޫ ވާކަމަށް ވެސް ޔާމިނީ ބުނެއެވެ. އެހެނީ ކުދިން ކުޑައިރު ބޯ މަޑު ކަމުން ބޮލުގަ ފުނާއަޅަންޖެހެނީ ބަލައިގެން ކަމަށާއި އަދި އިސްތަށިގަނޑު ނުއެއްސޭ ކަމަށް ޔާމިނީ ބުނެއެވެ.
ނިތުޔާއަށް އަދި ވީ ހަ މަހެވެ. ނަމަވެސް އިސްތަށިގަނޑު މިހާރުވެސް ކޮނޑަށް ވުރެން ތިރިއަށްދާ ކަމަށާއި އަބަދުޖެހެނީ އައްސާފައި ބަހައްޓަން ކަމަށާއި އެހެންނޫނީ އިސްތަށިގަނޑު ލޮލުމައްޗަށް ވެއްޓި އުނދަގޫވެގެން އެމަންޖެ އުޅޭ ކަމަށް ޔާމިނީ ބުނެއެވެ. ކޮންމެ ގޮތެއްވިޔަސް ބަނޑުބޮވުމާއި މެއިން ދިލަނެގުމާބެހޭ ގޮތުން މުސްކުޅިން ބުނެ އުޅޭ ވާހަކަ މިވަނީ ޔާމިނީއަށް ހަގީގަތަކަށް ވެފައިއެވެ.
ޖޯން ހޮޕްސްކިން އިން 2006 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި މުސްކުޅިން ބުނެއުޅޭ މިފަދަ ބަސްތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެންވެއެވެ. ބަނޑުބޮޑުއިރު މެއިން ދިލަނެގުމުން ލިބޭ ދަރިފުޅުގެ އިސްތަށިގަނޑު ބޯވާ ކަމަށް އެ ދިރާސާގައި ބައިވެރިވި މީހުން ރިޕޯޓްކުރިއެވެ.
ގަބޫލުކުރެވޭގޮތުގައި ހޯމޯންސްގެ ލެވެލް މަތިވުމުން އެސޮޕެގަސް ރިލެކްސް ވާން އެހީވެދެއެވެ. އަދި މީގެއިތުރުން ކުޑަދަރިފުޅުގެ އިސްތަށިގަނޑު ވަރުގަދަ ކޮށްދެއެވެ. އެހެން ދިރާސާއަކުން ދައްކާ ގޮތުގައި ބަނޑުބޮޑު އިރު މެއިން ދިލަ ނުނަގާ މަންމައިންނަށް ލިބިފައިވަނީ ބޯ ތަލަ ކުދިންނެވެ.