ލ. މާންދޫ ކްލަސްޓާއާ ގުޅިގެން ކޮވިޑަަށް ޕޮޒިޓިވްވި މީހުންގެ އަދަދު 148އަށް އަރައިފިއެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 794 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި އޭގެ ތެރެއިން 381 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު މިހާތަނަށް ޖުމްލަ 148 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މާންދޫ ކްލަސްޓާ މިހާރު ވަނީ އެ އަތޮޅުގެ އިތުރު ތިން ރަށަކަށް ފުޅާވެފައެވެ. އެއީ ފޮނަދުއާއި ގަމުގެ އިތުރުން ދަނބިދުއެވެ. ހަތަރު ރަށްރަށުގެ ވަކި ވަކި އަދަދުތަކަށް ބަލާލާއިރު މާންދޫން އެކަނި 129 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ގަމުން 15 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ފޮނަދޫ އަދި ދަނބިދޫން ދެމީހަކު ޕޮޒިޓިވް ވެފައިވެއެވެ.