ބޭނުންވާ ތަކެތި

2 ޖޯޑު ފުލްކުރީމް މިލްކް

3/4 ޖޯޑު ހަކުރު

1/2 ޖޯޑު ކޮކޯ ޕައުޑަރ

1 މޭޒުމަތީ ސަމުސާ ކޯންފުލާ

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

1 މޭޒުމަތީ ސަމުސާ ބަޓަރ

20 ބިސްކޯދު (މާރީ ބިސްކޯދު/މީރު ވައްތަރެއް)

ތައްޔާރުކުރާނެ ގޮތް

މިލްކާއި ހަކުރު ކޮކޯޕައުޑަރ އަޅައިގެން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ކޯންފުލާކޮޅާއި ވެނީލާ އެސެންސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އުދުންމައްޗަށް އުދައި ރަނގަޅަށް އޮލަވަންދެން ކައްކާލާށެވެ. ކައްކާއިރު ދޭފަތަކުން ހަލަން ވާނެއެވެ. އެއަށްފަހު އުނދުން މަތިން ބާލައި ފުރާނާލާށެވެ. އެއަށްފަހު ޕުޑިން އަޅާ ޓްރޭގައި ޗޮކްލެޓް ލޭއާއެއް އެޅުމަށްފަހު ބިސްކޯދު ލޭޔާއެއް އަޅާށެވެ. ބިސްކޯދު އަޅާއިރު ކިރު ފޮދަކަށްލައި ތެންމާލަން ވާނެއެވެ. ނަމަވެސް ފޯ ނުކޮށެވެ. މިގޮތަށް ލޭޔާތައް އަޅަމުން އެންމެ ފަހުން ޗޮކްލެޓް ލޭޔާ އަޅާފައި އަތުން ބިސްކޯދުކޮޅެއް ފުނޑުކޮށް މައްޗައް ބުރުވާލާށެވެ. އެއަށްފަހު ބޭނުންނަމަ ޑާކް ޗޮކުލެޓް ވެސް ގާނާފައި އެޅިދާނެއެވެ.