ލ. މާންދޫ ކްލަސްޓާއާ ގުޅިގެން އިތުރު 69 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ މި ކްލާސްޓާއާ ގުޅިގެން މިހާތަނަށް 1000 މީހެއްގެ ސާމްޕަލް ނަގައިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 558 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު މިހާތަނަށް ޖުމްލަ 217 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މާންދޫ ކްލަސްޓާއާ ގުޅިގެން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ޖުމްލަ 69 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
މާންދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް މާންދޫއިން ޖުމްލަ 197 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މާންދުއާ ޖެހިގެން އޮންނަ ގަމުން މިހާތަނަށް ޖުމްލަ 16 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ފޮނަދޫއިން 2 މީހުން އަދި ދަނބިދޫއިން 2 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.