ޖަލުތަކުގައި ކޮވިޑަަށް ޕޮޒިޓިވްވި މީހުންގެ އަދަދު 53 އަށް އަރައިފިއެވެ.

ކަރެކްޝަންސުން ހާމަކޮށްފައިވާގޮތުގައި ޕޮޒިޓިވް ކޭސްތައް އެންމެ ގިނައީ މާލެ ޖަލުގައެވެ.

އެގޮތުން މާލެ ޖަލުގައި ތިން އޮފިސަރުން ޕޮޒިޓިވް ވެފައި ވާއިރު 20 ގައިދީން ޕޮޒިޓިވް ވެފައިވެއެވެ.

ދެން އެންމެ ގިނައީ މާފުށި ޖަލުގައެވެ. މާފުށި ޖަލުގައި 17 އޮފިސަރުން ޕޮޒިޓިވް ވެފައިވެއެވެ. ގައިދީއަކު އެ ޖަލުން ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އައްސޭރި ޖަލުން 12 މީހަކު ޕޮޒިޓިވް ވެފައިވާއިރު ހުޅުމާލެ ޖަލުން އެކަކު ޕޮޒިޓިވް ކަމަށް ކަރެކްޝަންސުން ބުނެއެވެ.

ޖުމްލަ އަދަދު ތަކަށް ބަލާލާއިރު 33 އޮފިސަރުން ޕޮޒިޓިވް ވެފައިވާއިރު 22 ގައިދީއަކު ޕޮޒިޓިވް ވެފައިވެއެވެ.