ބޭނުންވާ ތަކެތި

½ 1 ޖޯޑު ފުށް

1 ސަމުސާ މާޖިރިން

½ ސައިސަމުސާ ބޭކިން ޕައުޑަރ

ހިހޫ ފެން (ފުށް މޮޑުމަށް)

ކުޑަ ލޮނުކޮޅެއް

½ 1 ދަޅު މަސް

1 ގިތެޔޮމިރުސް

2 ފިޔާ

1 ސައިސަމުސާ މުގުރި މިރުސް

3 އަލުވި

2 ޓޮމާޓޯ

ތެޔޮ (ތެއްލަން)

ތައްޔާރުކުރާނެ ގޮތް

ހިހޫފެނާއި މާޖިރިން އަދި ކުޑަ ލޮނުކޮޅަކާއި ބޭކިން ޕައުޑަރ އަޅައިގެން ފުށް މޮޑެލާށެވެ. އެއަށްފަހު ކުދި ގުޅަ ޖަހާށެވެ.

ދެން ތެއްޔެއްގައި އަލުވި މަޑު ކޮށްލާށެވެ. އެއަށްފަހު ފިޔާ މިރުސް ކުދިކޮށް ކޮށާފައި ލޮނުކޮޅެއް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު މަސްވެސްކޮށް ލާށެވެ. މުގުރި މިރުސްވެސް އެއްކޮށްލާށެވެ. ދެން މަޑުކުރި އަލުވި މަށާލުމަށްފަހު ކޮށާލާފައި އެއްކޮށްލާށެވެ. އަލުވި ޗަސްކޮށް ނުލާށެވެ. އެއަށްފަހު ޓޮމާޓޯ ކުދިކޮށް ކޮށުމަށްފަހު ތަވަޔަކަށް ތެޔޮ އަޅާ ހޫނު ކުރުމަށްފަހު ޓޮމާޓޯތައް އަޅާ ރޯފިލުވާލާށެވެ. އެއަށްފަހު މޮޑުނު ޕެޓީސް މަސްގަނޑު ވެސް އަޅައި ހަނާކޮށްލާށެވެ. އެއަށްފަހު މޮޑުނު ފުށްގަނޑުން ކުދި ރޮށި ދަމާ ޕެޓީސް ތައްގަނޑަށް ލާ އެއަށްމަސް އަޅާ ޕެޓީސް ހަދާށެވެ. ނޫނީ އަތުން ޕެޓީސް ގޮތަށް ފުށްގަޑު ބައްދާލާށެވެ. އެއަށްފަހު ތެލުގައި ތެއްލާލާށެވެ.