ރޭ ފެށުމަށް ހަމަޖެހިފައި އޮތް ގޯދިއްޔާ މުބާރާތުގައި ކުޅުމަށް އައްޑޫ ސިޓީއަށް އައިސް ކަރަންޓީނުގައި ހުރި ކުޅުންތެރިއަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން، މުބާރާތް ފަސް ކުރުމަށްފަހު އިތުރު ޕޮޒިޓިވް ކޭސް އެއް ނުފެންނަ ކަމަށްވާނަމަ އަންނަ ހޮނިހިރު ދުވަހުގެރޭ މުބާރާތް ބާއްވަން ނިންމައިފިއއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިގޮތަށް ނިންމެވީ މުބާރާތް ފަސްކުރަން ޖެހުނު މައްސަލައާ ގުޅޭގޮތުން ގޯދިއްޔާއިން މިއަދު ކައުންސިލާއެކު ބޭއްވި މަޝްވަރާގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވި ކުޚުންތެރިޔާ ވަނީ ޕްރެކްޓިސް މެޗުތަކެއް ކުޅެ އެތައް ބަޔަކާ ކޮންޓެކްޓްވެފައެވެ. ކަމާބެހޭ ފަރާތްތަކުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރިނަމަވެސް އެކަށީގެންވާ އެއްބާރުލުމެއް އެކަމަށް ލިބިފައިނުވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ގޯދިއްޔާ މުބާރާތަކީ ކޮންމެ ރޯދަމަހަކު ބާއްވާ ކަޕެކެވެ. އެހެންނަމަވެސް ކޮވިޑް-119 ގެ ސަބަބުން މިދިޔަ އަހަރުގެ މުބާރާތް ބާއްވައިފައެއް ނުވެއެވެ.