ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑޫ

3 އަލުވި

2 ދަޅު މަސް

2 ބޮޑު ފިޔާ

2 ހިކަނދިފަތް

2 ގިތެޔޮ މިރުސް

1 ކާށީގެ ހުނި (ކުޑަ)

1 އިންޗި ރޯއިނގުރު

1 ލުނބޯ

ރަހަލާވަރަށް ލޮނު

ކުލަ ހިފާ ވަރަށް ރީނދޫ

ތައްޔާރުކުރާނެ ގޮތް

ކުޅިބޯކިބާ އަޅާ ގޮތަށް ހަނޑޫ ދޮވެފައި ފެނުއަޅައި ފޯކޮށްފައި މުގުރާށެވެ. ދެން އަލުވިވެސް މަޑުކޮށްލާށެވެ. އެއަށްފަހު ކާށިން ހުނިގާނާ ފިޔާ މިރުސް ހިކަނދިފަތް ކޮށާ އިނގުރު ގާނާށެވެ. ދެން އިނގުރު، ލޮނު، ރީނދޫ، ހުތްވެސް ޖަހައިގެން ފިޔާ، މިރުސް، ހިކަނދިފަތް މޮޑެލާށެވެ. އެއަށްފަހު މަހާ ހުންޏާ ވެސް އެއްކޮށްލާށެވެ. ދެން އަލުވި ޗަސްކޮށްފައި އަލުއްވާއި މުގުރި ހަނޑޫ ފުށް ހުރިހާ އެއް ޗެއް އެއްކޮށް މޮޑެލާށެވެ. ދެން ލޮނު ހެޔޮވަރު ކުރުމަށްފަހު ބޯކިބާ ފިހާ ތަވާގައި ތެޔޮ ފޮދެއް އުނގުޅުމަށްފަހު އުނދުނުގެ މަޑު ގިނިމަތީގައި، ނުވަތަ އަވަނުގައި ފިހެލާށެވެ.