ބޭނުންވާ ތަކެތި
½ ޖޯޑު ފުލްކްރީމް މިލްކް
1 މޭޒުމަތީ ސަމުސާ ވިނިގާ (ވިނިގާ ނެތްނަމަ ލުނބޯ ހުތް)
½ ޖޯޑު ހަކުރު
¼ ޖޯޑު އަންސޯލްޓެޑް ބަޓަރ (ނޫނީ ތެޔޮ)
1 ސައި ސަމުސާ ވެނީލާ އެސެންސް
¼ 1 ޖޯޑު ފުށް
1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
¼ މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ
¼ ޖޯޑު މިލްކް
ރަތް ކާކުލަ
ކުޑަ ލޮނުކޮޅެއް
ފްލާ ފޮރަސްޓިން ތައްޔާރުކުރުން
1 ޖޯޑު ފުލްކްރީމް ލިކް
¾ ޖޯޑު ހަކުރު (ޕައުޑަރ/މުގުރާފައި)
½ 3 މޭޒުމަތީ ސަމުސާ ފުށް
1 ސައި ސަމުސާ ވެނީލާ އެސެންސް
100 ގުރާމު އަންސޯލްޓެޑް ބަޓަރ
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ބަޓަރ މިލްކް ތައްޔާރުކޮށްލާށެވެ. އެގޮތުން ½ ޖޯޑު ކިރަށް 1 މޭޒުމަތީ ސަމުސާ ވިނިގާ އަޅާ 10 ވަރަކަށް މިނެޓް ބަހައްޓާލާށެވެ. އެއަށްފަހު ރަނަގަޅަށް ގިރާލާށެވެ. ދެން ބަޓަރ މިލްކަށް ½ ޖޯޑު މުގުރި ހަކުރު އަޅާށެވެ އެއަށްފަހު ބަޓަރ ނޫނީ ތެޔޮ އަޅާށެވެ. އެއަށްފަހު ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. ހަކުރުތައް ވިރެންދެނެވެ. އެއަށްފަހު ¼ 1 ޖޯޑު ފުށާއި 1 މޭޒުމަތޫ ސަމުސާ ކޮކޯ ޕައުޑަރ، ބޭކިން ޕައުޑަރ އަދި ބޭކިން ސޮޑާ ފުރޭނުމަށްފަހު ހުރިހާއެއްޗެއް އެއްކޮށް ގިރާލާށެވެ. އެއަށްފަހު ¼ ޖޯޑު ކިރުވެސް އެއްކޮށްލާ ކުލަ އަޅައިގެން ގިރާލާށެވެ. އެއަށް ފަހު ކޭކް ފިހާ ޓްރޭ އެއްގައި ތެޔޮ ނޫނީ ބޭކިން ޕޭޕަރ އެޅުމަށްފަހު ކޭކު ފުށްގަނޑު އަޅައިގެން ފިހެލާށެވެ.
މި ކޭކަށް ބޭނުން ނަމަ 2 ބިސް އެޅިދާނެއެވެ. ބިސް ނޭޅިއަސް ވަރަށް ރީތިކޮށް މަޑުކޮށް ހުންނާނެއެވެ.
ފުލާ ފޮރަސްޓިން ތައްޔާރުކުރުން
1 ޖޯޑު ފުލް ކްރީމް މިލްކް އަށް ¾ ޖޯޑު ޕައުޑަރ ހަކުރު އަދި ½ 3 ސަމުސާ ފުށް ½ ސަމުސާ ވެނީލާ އެސެންސް އަޅައިގެން ވަރަށް ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރުމުން އުދުންމައްޗަށް އުދާ އޮލަ ވަންދެން ކައްކާލާށެވެ. ދޭފަތަކުންހަލަމުން ގަނޑުވިޔަ ނުދީ ރަނގަޅަށް އޮލަ ކޮށްލާށެވެ. އެއަށްފަހު އުދުންމަތިން ބާލާ ހިހޫކުރުމަށްފަހު މަތި ޖެހި އެއްޗަކަށް އަޅާ އައިސްއަލަމާރީ އަށްލާ ގަޑިއެއްގެ އިރު ބަހައްޓާލާށެވެ. އެއަށްފަހު 100 ގުރާމު ބަޓަރ ވަރަށް ރަނގަޅަށް ހުދުކުލަ އަރަންދެން ގިރާލާށެވެ. އެއަށްފަހު އަލަމާރިއަށްލީ ފްލާ މިކްސް ނަގާ ރަނގަޅަށް އެއްކޮށްލާށެވެ. ( ރަނގަޅަށް ހެދިފައި ހުރިނަމަ ވިޕް ކްރީމް ގޮތަށް ހުންނާނެއެވެ. ) ދެން ކޭކްގެ މަތި ކަފާލާފައި ވަކިކޮށްލާށެވެ. އެއަށްފަހު ކޭކު މެދުން ފަޅާލާށެވެ. ދެން ފަޅާލި ކޭކް ގައި ހަކުރު ފަނިފޮދެއް ގިރާލުމަށްފަހު އުނގުޅާލާފައި ތައްޔާރު ކުރި ފޮރަސްޓިން ފަތުރާލާށެވެ. އަދި ކޭކުގެ އަނެއްފަޅި ބާއްވާފައި މަތީގަޔާއި ކައިރިފަށާ އެކު ފްލާ ފޮރަސްޓިން އުނގުޅާށެވެ. ދެން ކުރިން ކޭކުން ވަކި ކޮށްލި މަތީބައި މުގުރާލާފައި ފޮރެސްޓިން މައްޗަށް އަޅާ ރީތިކޮށް ހުރިހާތަނެއްގައި ތަތްކޮށްލާށެވެ.