ބޭނުންވާ ތަކެތި

250 ގުރާމު ބޯންލެސް ޗިކަން

1 ޖޯޑު ބެލް ޕެޕަރ

½ ޖޯޑު ޒުވާރި (ކައްކާ ރޯފިލުވާފައި)

½ ޖޯޑު ފިޔާ ( ކޮށާފައި

1 ސައި ސަމުސާ އިނގުރު (ގާނާފައި)

1 ސައިސަމުސާ ލޮނުމެދު (ގާނާފައި)

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ ކޮތަނބިރި (މުގުރި)

1 މޭޒުމަތީ ސަމުސާ ދިރި (މުގުރި)

½ ސަމުސާ ރީނދޫ

½ ސަމުސާ އަސޭމިރުސް (މުގުރި)

މަސްގަނޑު ތައްޔާރުކުރުން

ކުކުޅު މަސްތައް ކުދިކޮށް ކޮށުމަށްފަހު ބޮޑު ބޯތައްޓަކަށް އަޅާށެވެ. އެއަށްފަހު ހަވާދުގެ ބާވަތްތަކާއި ލޮނު ޒުވާރި ބެލް ޕެޕަރ ފިޔާވެސް އެޅުމަށްފަހު ލުނބޯ ހުތް ޖަހައިގެން 30 މިނެޓް މެރިނޭޓް ކުރަން ބަހައްޓާށެވެ. އެއަށްފަހު ތަވަޔެއްގައި ތެޔޮ ފޮދެއް އުނގުޅުމަށްފަހު މެރިނޭޓްކުރި މަސްގަނޑު ހަނާކޮށް ރޯފިލުވާލާށެވެ.

ފޮޅި ތައްޔާރުކުރުން

¼ 2 ޖޯޑު ފުލްކްރީމް މިލްކް

2 މޭޒުމަތީ ސަމުސާ ބަޓަރ

½ 1 ޖޯޑު ފުށް

2 މޭޒުމަތީ ސަމުސާ ތެޔޮ

ކިރާއި ބަޓަރ އަދި ފުށް ވަރަށް ރަނގަޅަށް ގިރާލާށެވެ. ކުޑަލޮނުކޮޅެއްވެސް ލާށެވެ. އެއަށްފަހު ތަވައެއްގައި ތެޔޮ އުނގުޅުމަށްފަހު މަޑުފޮޅި ފިހާގޮތަށް 2 ފުށް ފިހެލާށެވެ.

މަޔޯނައިސް ތައްޔާރުކުރުން

1 ޖޯޑު މަޔޯނައިސް

1 ލޮނުމެދު

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

¼ ސަމުސާ އޮރިގާނޯ

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

މަޔޯނައިސް، ލޮނުމެދު، ލުނބޯ، ޖޫސް އޮރިގާނޯ، އޮލިވް އޮއިލް ހުރިހާ އެއްޗެއް ރަނގަޅަށް މިކްސަރުން ގިރާލާށެވެ.

90 ގުރާމު ޗީޒް (ގާނާފައި)

3 މޭޒުމަތީ ސަމުސާ ޗިލީ ގާލިކް ސޯސް

ކްރެޕް ތައްޔާރުކުރުން

އެންމެ ފުރަތަމަ ފިހުނު ފޮޅި ދެފަޅި އަށް ފަތްޖަހާށެވެ. އެއަށްފަހު އޭގެ މެދުގައި ތައްޔާރުކުރި މަޔޯނައިސް އުނގުޅާށެވެ. އެއަށްފަހު ޗީޒް ކޮޅެއް އެޅުމަށްފަހު ތައްޔާރު ކުރި ކުކުޅުމަސް ގަނޑުން ހެޔޮވަރުވާވަރަށް މަސްކޮޅެއް އަޅާށެވެ. ދެން އަނެއްކާވެސް މައްޗަށް ޗީޒް އަޅައި ޗިލީ ގާލިކް ސޯސް އެޅުމަށްފަހު 3 ކަން ވާނޭހެން ފޮޅި ފަތް ޖަހާލާށެވެ. އެއަށްފަހު ތަވާގައި ތެޔޮ ނޫނީ ބަޓަރ އުނގުޅުމަށްފަހު އަނެއްކާވެސް ދެފުށް ފިހެލާށެވެ.