އައްޑޫ ސިޓީން ކޮވިޑް-19 ގެ އިތުރު ކޭސް އެއް ފެނުމުން މުޅި ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އައްޑޫސިޓީ ހުޅުދޫ/މީދޫ އިން ކޮވިޑް ކޭސްތަކެއް ފެނި އެ ދެރަށް މޮނިޓަރިންނަށް ލައިފައި ވަނިކޮށް ރޭ އޭއީއެޗުގެ ފުލޫކުލިނިކަށް ދެއްކި ފޭދޫ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެޗުޕީއޭއިން ވަނީ ގުޅިފައިވާ ރަށްރަށް ވެސް މޮނިޓަރިންއަށް ލައިފައެވެ.

އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޮވިޑާ ގުޅިގެން ބަލަން ޖެހޭކަންކަން ބަލައި ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް އެޗުޕީއޭއިން ބުނެފައިވެއެވެ.

މިއަދު ޕޮޒިޓިވްމީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސއްކަތް ވެސް ވަނީ ފަށައިފައެވެ. އޭނާއާ ވަރަށްގިނަ މީހުން ކޮންޓެކްޓް ވެފައި ހުރެދާނެ ކަމަށް ބެލެވެއެވެ.