ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 402 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 174 މީހުންނެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 179 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 6 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ. ސިނާއީ އެކި ބޭނުމަށް ބޭނުން ކުރަމުންދާ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 43 މީހެކެވެ.

މިހާ ހިސާބަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 30،237 އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 5،221 މީހުންނެވެ. ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 161 އެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ވަނީ 73 މީހުން މަރުވެފައެވެ. މިބަލިން މިހާތަނަށް ވަނީ 24،934 މީހުން ފަސޭހަވެފައެވެ.

ޓެސްޓް ކުރުމަށް ފާއިތުވި 24 ގަޑިއިރުތެރޭގައިވަނީ 3،854 ސާމްޕަލް ނަގައިފައެވެ.