ބޭނުންވާ ތަކެތި

2 ދަޅު ފެލިވަރުމަސް

2 ފިޔާ

6 ތޮޅި މިރުސް

1/3 ޖޯޑު ގްރީން ޕީސް

1 ސައި ސަމުސާ މުގުރި މިރުސް

1 ސައިސަމުސާ ދިރި

1 ސައި ސަމުސާ މުގުރި އަސޭމިރުސް

1 ބެލްޕެޕަރ

½ ޖޯޑު ފުލްކރީމް މިލްކް

1 ސައި ސަމުސާ ކޯން ފްލާ

1 ޕާން

ރަހަލާ ވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ފިޔާ ބެލްޕެޕާ މިރުސް ކޮށާ ލުމަށްފަހު ތަވަޔެއްގައި ކުކިން އޮއިލް އަޅައި ފިޔާ ވަޅޯ ކޮށްލާށެވެ. އެއަށްފަހު ބެލް ޕެޕާ ގްރީން ޕީސް، މިރުސްވެސް އަޅާލާށެވެ. ދެން ދިރި އަސޭމިރުސް މުގުރި މިރުސް އެއްކޮށްލާށެވެ. ދެން ފުލް ކްރީމްގައި ކޯން ފުލާކޮޅު ގިރުވާލާފައި ތަވަޔަށް އަޅާލާށެވެ. ދެން ލޮނު ހެޔޮވަރު ކުރުމަށްފަހު ކުޑަ އިރުކޮޅަކު ކައްކާލާށެވެ. އެއަށްފަހު މަސް އަޅައި ކައްކާލާށެވެ. މަސްގަނޑު ހުންނަންވާނީ ކުޑަކޮށް ތެއްކޮށެވެ.

ދެން ޕާނުގެ ކައިރި ކަފާފައި ރޮށިދަމާ މަޅުގަނޑުގައި ދަނޑިގަނޑުން އޮއްބަމުން ދަމާލާށެވެ. އެއަށްފަހު ޕާން ފޮއްޗަށް ތައްޔާރުކުރި ތަނުން މަސް ސަމުސަލެއް އަޅައި ރޯލް ގޮތަށް އޮޅާލާށެވެ. ރޯލް ތަތް ކޮށްލުމަށް ކޮޅުގައި ފެންފޮދެއް އުނގުޅަންވާނެއެވެ. އެއަށްފަހު ތަވާގައި ބަޓަރ ނޫނީ ތެޔޮފެދެއްލާ ރޯލް ތައް ފިހެލާށެވެ.