ބަރަކާތްތެރި ރަމަޟާމް މަހުގެ ފަހުދިހަ ފެށެނީ ކަމަށާއި އެދުވަސް ތަކުގެތެރޭގައި ހިމެނޭ ލައިލަތުލް ގަދުރިވިލޭރޭ ހޯދުމަށް ޝައިޚް އަލީ ޒައިދު ހަނދާން ކޮށްދެއްވައިފިއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފަދިހައާ ކުރިމަތިލާއިރު މަގުމަތީގައި ހިންގާ ބޭކާރު ހަރަކާތްތައް މިވަގުތަށް މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި ފަހު ދިހައިގެ މާތްކަން ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ފަހު ދިހައެއް ފެށެނީ! މަގުމަތީ ބޭކާރު ޙަރަކާތްތައް ހިންގާ ބޭފުޅުންވެސް އިހަށް ދެން މިދުވަސްކޮޅު އެކަންކަން ހުއްޓާލުމަށް ގޮވާލަން! އަދި އަޅުކަމާއިގެން މަޝްޣޫލުވެ ލައިލަތުލް ޤަދްރިވިލޭރެއާއި ފަހުދިހައެއްގެ މާތްކަން ހޯދުމަށް ވީވަރަކުން މަސައްކަތްކުރައްވަން ހަނދާންކޮށްދެން،" ޝައިޚުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިދުވަސްވަރަކީ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދާ ދުވަސްވަރެކެވެ. ޝައިޚް އެވިދާޅުވަނީ އެފަދަ ޙަރަކާތްތައް މިވަގުތަށް ހުއްޓާލާ ވާހަކަ ކަމަށް ވެސް ވެދާނެއެވެ.