ބޭނުންވާ ތަކެތި

1 ޖޯޑު ކަދުރު ކޮށާފައި

1 ޖޯޑު ފުލް ކްރީމް މިލްކް

1 ސައިސަމުސާ ކޮފީ

3 ބިސް

½ 1 ޖޯޑު ފުށް

1 ޖޯޑު ހަކުރު

70 ގުރާމު ބަޓަރ

1 ސައި ސަމުސާ ބޭކިން ޕައުޑަރ

½ ސައި ސަމުސާ ބޭކިން ސޮޑާ

1 ސައި ސަމުސާ ވެނީލާ އެސެންސް

ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ކަދުރާއި ނަޓްސް ކޮށާލާށެވެ. އެއަށްފަހު ކިރުފޮދު ހޫނުކޮށްލުމަށްފަހު ތާފަނާކޮށް ހުއްޓާ ކަދުރު އެއަށް އަޅާ ފޯކޮށްލާށެވެ. ދެން ކޮފީ ވެސް ކުޑަ ކުޑަ ފެންފޮދެއްގައި ގިރާލާށެވެ. އެއަށްފަހު ބަޓަރާއި ހަކުރު ރަނގަޅަށް ގިރާލާށެވެ. ދެން ބިހާއި ނަޓް ކަދުރު އަޅައިގެން އަތުން ގިރާލާށެވެ. އެއަށްފަހު ފުށާއި ބޭކިންޕައުޑަރ އެއްކުރާށެވެ. ދެން ވެނީލާ އެސެންސް ވެސް އަޅާށެވެ.

ހުރިހާ އެއްޗެއް ރަނަގަޅަށް ގިރާލުމަށްފަހު ކޭކު ފިހާ ޓްރޭގައި ބޭކިން ޕޭޕަރ އެޅުމަށްފަހު އަވަން ހޫނުކޮށް 180 ޑިގްރީގައި ފިހެލާށެވެ.

ބޭނުން ނަމަ ކޭކު ފިހެ ނިމުމުން މައްޗަށް ޕައުޑަރ ޝުގަރ ނޫނީ އައިސިން ޝުގަރ ބުރުވާލެވިދާނެއެވެ.