އިންޑިއާއިން ދަނީ ކޮވިޑް-19 ގެ ދެވަނަ ރާޅާ ހަނގުރާމަ ކުރަމުންނެވެ. މިހާތަނަށް ބަލާއިރު ކުރީ ސަފުގައި މަސައްކަތް ކުރާ، ނޫސްވެރިންގެ ތެރޭން މީހުން މަރުވާ އަދަދު ވަނީ ވަރަށް ބޮޑުތަނުން މަތިވެފައެވެ.

މިދިޔަ 28 ދުވަސްތެރޭގައި ވެސް އިންޑިއާއިން ވަނީ 52 ނޫސްވެރިން މަރުވެފައިވާކަން ރިޕޯޓް ކޮށްފައެވެ. މީގެ މާނައަކީ، މި މަހުގެ ކޮންމެ ދުވަހަކުހެން ނޫސްވެރިއަކު ވަނީ ފުރާނަ ދޫކޮށް ގޮސްފައެވެ.

ދިއްލީގެ އިންސްޓިއުޓް އޮފް ޕަރސެޕްޝަން ސްޓަޑީޒް އިން ހެދި ދިރާސާއެއްގައި ބުނެފައި ވަނީ، 1 އެޕްރިލް 2020 އިން ފެށިގެން 28 އެޕްރިލް 2021 އާ ހަމައަށް އިންޑިއާގައި 101 ނޫސްވެރިން ކޮވިޑް-19 އާ ގުޅިގެން ފުރާނަ ދޫކޮށްފައިވާ ކަމަށެވެ. މާނައަކީ، މައިދާނުގައި ރިޕޯޓް ކުރަން އުޅުމުގެ ތެރޭގައި އެމީހުން މިބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖެނުއަރީ 2021 އިން ފެށިގެން މިހާތަނަށް ކޮވިޑާ ގުޅުން ހުރި މައްސަލަތަކުގައި 50 ނޫސްވެރިން ވަނީ ނިޔާވެފައެވެ.

ނޫސްވެރިންގެ މަރާ ބެހޭ ގޮތުން މަޢުލޫމާތު ހޯދައި މިކަން ސަމާލުކަމަށް ގެނައި ޕަރސެޕްޝަން ސްޓަޑީޒްއިން ބުނަނީ، ނޫސްވެރިންގެ ފުރާނަ މަތިން ހަނދާން ނައްތާނުލައި، އެމީހުންނަށް ނުރައްކާވާ ކަން ރައްޔިތުންނަށް އިހުސާސް ކޮށްދިނުމުގެ ބޭނުމުގައި މި މަޢުލޫމާތު ހާމަ ކުރަނީ ކަމުގައެވެ.

ނޫސްވެރިން އެންމެ ގިނައިން މަރުވެފައި ވަނީ ނޫސްވެރިންނަށް އެންމެ އަހުވަ ދައްކާ ސްޓޭޓް އުއްތްރަ ޕްރަދޭޝް އިންނެވެ. އެއީ 19 ނޫސްވެރިއެކެވެ. ދެން ތެލެންގާނާ އަދި ތިންވަނައަށް މަހަރާޝްޓްރާއެވެ.