ސްރީލަންކާއިން ޗައިނާގެ ސައިނޯފާމް ވެކްސިން ޖަހަން ފަށާނީ ދނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން އެ ވެކްސިން އިމަރޖެންސީގައި ބޭނުން ކުރުމަށް ހުއްދަ ލިބުމުން ކަމަށް ބުނެފިއެވެ. ނޭޝަނަލް މެޑިކަލް ރެގިއުލޭޓްރީ އޮތޯރިޓީ ގެ ޗެއަރމަން ޑރ. ރަޝީތާ ވިޖެވަންތަ ވިދާޅުވީ ސްރީލަންކާއިން އޮތީ ދުނިޔޭގެ ހިއްޙަތު ޖަމުއިއްޔާގެ ހުއްދައިގެ އިންތިޒާރުގައެވެ.

ޗައިނާއިން ސްރީލަންކާއަށް ސައިނޯފާމް ވެކްސިންގެ ހަލައްކަ ޑޯޒް ހަދިޔާ ކުރިއެވެ. އަދި ލަންކާ ސަރުކާރުން މި ވެކްސިން މީހުންގެ ގަޔަށް ޖެހުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް މެޑިކަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ހަތަރު މަސްއޫލު ވެރިން ސަރުކާރާ ދެކޮޅަށް ނިކުމެ، ޑަބްލިއުއެޗްއޯއިން މިވެކްސިންއަށް ހުއްދަ ދީފައި ނުވާތީ މީހުންގެ ގަޔަށް ނުޖެހޭނެކަމަށް ބުނުމުން ސަރުކާރުން އެމީހުންނަށް އިޒްތިއުފާ ދިނުމަށް އެންގިއެވެ.

މިމައްސަލަ ވަނީ ސްރީލަންކާގެ ޕާލަމެންޓްގައިވެސް ބަހުސަކަށް ވެފައެވެ.

ހަތަރު މަސްއޫލުވެރިންގެ އިސް ތިއުފާއަށްފަހު، ޗައިނާ ވެކްސިން ޖަހާފައި ވަނީ ހަމައެކަނި ލަންކާގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށެވެ.