ސަލްތަނަތު އޮމާނުގައި ޖަމާޢަގައި ފިޠުރު ޢީދު ނަމާދު ނުބޭއްވުމަށް ނިންމައިފިއެވެ. އެގައުމުގެ ހޯމް މިނިސްޓްރީން އެކަން އިޢްލާން ކުރީ ދެންމެއެވެ.

ޢީދު ނަމާދު ޖަމާއަތުގައި ނުބޭއްވުމަށާއި އީދާގުޅިގެން ބައްދަލުވެ އެއްވެ ނުހެދުމަށާއި ބީޗާއި އާންމު މައިދާންތަކަށް މީހުން ނުދިއުމަށްވެސް އަންގާފައި ވެއެވެ.

މެއި މަހުގެ 9 އިން 11 އަށް މުވައްޒަފުން ގޭގައި ތިބެގެން ވަޒީފާ އަދާ ކުރުމަށް ވެސް އަންގާފައި ވެއެވެ.

މިއަހަރުގެ ތަރާވީޙު ނަމާދު ޖަމާއަތުގައި ނުބެއްވުމަށް ވެސް އޮމާނުން ވަނީ ނިންމާފައެވެ.