5ޖީ ވަޔަރލެސް ޓެކްނޮލޮޖީ އަށް ޚާއްސަ އެޕަލްގެ އައިފޯން އޮކްޓޯބަރ 13ގައި ހާމަ ކުރާނެ ކަމަށް އެޕަލްއިން ބުނެފިއެވެ.

އާންމުކޮށް ޗުއްޓީ މޫސުމާ ދިމާކޮށް އައު އައިފޯން ހާމަކުރާ އެޕަލް އިން ބުނެފައިވަނި ވަބާއާ ހެދި ސަޕްލައި ޗެއިންގެ މަސައްކަތަށް ބުރޫއަރާފައި ވުމުން މިފަހަރު އައު ޕްރޮޑަކްޓް ލޯންޗް ކުރުމަށް ލަސްތަކެއް ކުރިމަތިވީ ކަމަށެވެ.

އެޕަލްގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މަޢްލޫމާތުން މާބޮޑު އެއްޗެއް ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް "ހައިސްޕީޑް" މިއީ ފާހަގަ ކުރެވޭ މެސެޖެކެވެ.

ކުންފުނީގެ ބަހަށް އިތުބާރު ކުރާނަމަ އައިފޯން 12ގެ 4 މޮޑެލެއް ތައާރަފް ކުރެވިގެންދާނެއެވެ.

ޖުމުލަ ގޮތެއްގައި ސްމާޓް ފޯނުގެ ވިޔަފާރި ވަނީ އަޑިއަޅާލފައެވެ. ގަތްގަނޑަކަށް 16 އިންސައްތައިގެ ވެއްޓުމެއް ކުރިމަތި ވެފައި ވެއެވެ.

އެންމެ ކުރީގައި އުޅެނީ، ވާވޭއެވެ. އޭގެ ފަހުން ސެމްސުންގ އަދި ތަރްތީބުން އެޕަލް އެއަށްފަހު ޝިއާއޮމީއާއި އޮއްޕޯއެވެ.