ބޭނުންވާ ތަކެތި

1 ޖޯޑު ބޯންލެސް ޗިކަން

1 ޕާން

1 ސައި ސަމުސާ ލޮނުމެދު (ޗަސްކޮށްފައި)

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް (ރާޅުކޮށް މުގުރާފައި)

1 ސައި ސަމުސާ އަސޭމިރުސް (މުގުރާފައި)

ރަހަލާވަރަށް ލޮނު

1 ސައިސަމުސާ އޮރިގާނޯ

1 ސައި ސަމުސާ ވިނިގާ

ކުޑަ އޮރެންޖު ކުލަކޮޅެއް

½ ޖޯޑު ޔޯގަޓް

½ ޖޯޑް ޗީޒް (ގާނާފައި)

½ ޖޯޑު ކެޕްސިކަމް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް

ކުކުޅުމަސްތައް ކުދި ކުދި ކޮށް ކޮށުމަށްފަހު ލޮނުމެދު، ލޮނު، މުގުރުމިރުސް، އަސޭމިރުސް، ކުލަ، ވިނިގާ، އޮރިގާނޯ، ޔޯގަޓް އަޅައިގެ 30 މިނެޓް މެރިނޭޓް ކުރަން ބަހައްޓާށެވެ.

އެއަށްފަހު ތަވަޔަކަށް ކުޑަ ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅު މަސްގަނޑު ހަނާކޮށްލާށެވެ. ކުކުޅު ރޯފިލަންދެން ކައްކަން ވާނެއެވެ. އެއަށްފަހު އުނދުން މަތިން ބާލާ ފިޔާ ކެޕްސިކަމް އަދި ޗީޒް އަޅާށެވެ. އެއަށްފަހު ޕާން ފޮތިތައް ވައްކޮށް ކަފާލާށެވެ. މަތީގައި ބާއްވާ ފޮތި އެތެރެ ވައްކޮށް ކަފާލުމަށްފަހު ނަގާށެވެ. އެއަށްފަހު އެއަށްފަހު ކަނޑާފައި ވައްކޮށް ނެގި ފޮތި އަނެއްޕާންފޮތި މަތީ ބާއްވާފައި މެދަށް (ޕާންފޮތި ވަކިން ނެގިބަޔަށް) މަސް އަޅާށެވެ. ދެން މައްޗައް ބޮޑެތިކޮށް މުގުރާފައި ހުރި މިރުސްކޮޅަކާ ޗީޒް ކޮޅެއް އަޅާށެވެ. އެއަށްފަހު ޕާންފޮތީގެ ކައިރީގައި ބަޓަރ އުގުޅާފައި، ފިހަން ލާށެވެ. ފިހާ ޓްރޭގައިވެސް ބަޓަރ އުނގުޅަށްވާނެއެވެ. 180 އަށް އަވަން ހޫނުކޮށް 10 ވަރަކަށް މިނެޓް ވާއިރަށް ފިހެވޭނެއެވެ.