އުތުރުތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުން ދިވެހި ބަހަށް ބަދަލުކޮށްގެން ރޭ ނެރެފިއެވެ.

މި ތަރުޖަމާ އަކީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ނެރުނު އެއްޗެކެވެ. މި އާބެހޭ ގޮތުން ޑީއެންއޭގެ އިސްބޭފުޅެއް ކަމަށްވާ ޢުމަރު ނަސީރު ވިދާޅުވީ މި ތަރުޖަމާ ނެރުމުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ މިކަމުގެ ބޮޑު މަންޒަރު ރައްޔިތުންނަށް ހާމަކޮށްދޭން. އިރާދާ ކުރެއްވި އެކަން ކުރެއްވިއްޖެ. އިނގިރޭސި ބަހުން އެ އެގްރީމެންޓް އޮތުމުން އިނގިރޭސި އެނގޭ މީހުނަނަށް ވެސް އެންމެ އެކަށީގެންވާގޮތަށް ފަހުމް ނުވެދާނެ. އެހެންވެ ދިވެހި ބަހުން އޮތުމުން އެފަދަ އެއްވެސް މައްސަލައެއް ނުނުކުމު އެންމެނަށް ވެސް އެނގިގެންދާ،" އުމަރު ވިދާޅުވިއެވެ. ދިވެހި ތަރުޖަމާ ނެެރެދެއްވީ ކުރީގެ ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ އެވެ.

މި އެއްބަސްވުން ވެފައިވަނީ ދިވެހިސަރުކާރާއި އިންޑީއާ ސަރުކާރާ ދެމެދު ކަމަށް ޑީއެންއޭއިން ވަނީ ބުނެފައއެވެ. މި އެއްބަސްވުމުގެެ ދިވެހި ތަރުޖަމާ އެކުލަވާލައިފައިވަނީ ފޮތެއްގެ ސިފައިގައެވެ. "ވަރަށްގިނަ މީހުންގެ އެދުމުގެ މަތީން އެގްރީމެންޓް ދިވެހިބަހަށް ތަރުޖަމާކޮށްގެން މި ނެރުުނީީ. އިނގިރޭސި ބަހުން އޮތް އެގްރީމެންޓެއްވީމައި ބައެއް މީހުންނަށް އޭގައި ބުނާ އެއްޗެއް އެންމެ ރަނގަޅަށް ފަހުމް ނުވެދާނެތީ ދިވެހި ބަހުން ނެރެން މިނިންމީ،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ފުރަތަމަ ނެރޭނީ ޔޫޓީއެފްގެ ދިވެހިތަރުޖަމާގެ އެއް ހާސް ކޮޕީ ކަމަށެވެ. ޖުމްލަ ދިހަ ހާސް ނުވަތަ އެއަށްވުރެ ގިނައިން ވެސް ނެރޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.