ބޭނުންވާ ތަކެތި

70 ގުރާމް ބަޓަރ

½1 ޖޯޑް ފުށް

¼1 ޖޯޑް ހަކުރު

3 އޮރެންޖުގެ ހުތް

1 ސައި ސަމުސާ ބޭކިން ޕައުޑަރ

ކުޑަ ލޮނުކޮޅެއް

3 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ބަޓަރ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އޮރެންޖު ހުތާއި ބިސް އެއްކުރާށެވެ. ދެން އެސެންސާއި ބޭނުންނަމަ ކުޑަ އޮރެންޖު ކުލަ ކޮޅެއްވެސް އަޅާލާށެވެ. އެއަށްފަހު ލޮނުކޮޅާއި، ފުށާއި ބޭކިންޕައުޑަރ އަޅާ އެއްކޮށްލާށެވެ. ދެން ކޭކު ފިހާ ޓްރޭއެއްގަ ތެޔޮ އުގުޅާފައި ނޫނީ ބޭކިން ޕޭޕަރ އަޅާފައި ގިރި ކޭކްގެ ފުށްގަނޑު އެއަށް އަޅާލާފައި އަވަނު ގަ ފިހެލާށެވެ.