ފުށް ތައްޔާރުކުރުން

2 ޖޯޑު ފުށް

1 ސައި ސަމުސާ ލޮނު

1 މޭޒުމަތީ ސަމުސާ ޔީސްޓް

1 ބިސް

1 މޭޒުމަތީ ސަމުސާ ތެޔޮ / ބަޓަރ

1 މޭޒުމަތީ ސަމުސާ ހަކުރު

½ ޖޯޑު ފުލްކްރީމް މިލްކް

ތައްޔާރުކުރާނެ ގޮތް

ފުށާއި ޔީސްޓް، ބިސް، ލޮނު، ތެޔޮ ނޫނީ ބަޓަރ، މިލްކް އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެލުމަށްފަހު ތޮޔޮ ފޮދެއް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު މަތިޖެހި ތައްޓެއްގައި 30 މިނެޓް ބާއްވާށެވެ.

މަސްގަނޑު ތައްޔާރުކުރުން

2 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)

200 ގުރާމު ބޯންލެސް ޗިކަން

1/3 ޖޯޑު ފިޔާ (ކޮށާފައި)

1/3 ޖޯޑު ބެލް ޕެޕާ (ކޮށާފައި)

ރަހަލާވަރަށް ލޮނު

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ ދިރި

½ މޭޒުމަތީ ސަމުސާ އަސޭމިރުސް

2 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް

2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

ރަހަލާވަރަށް ލޮނު

1 ޖޯޑު މޮޒެރެއްލާ ޗީޒް

ތެޔޮ ( ތެއްލަން)

އެންމެ ފުރަތަމަ ތަވަޔަށް ތެޔޮ އެޅުމަށްފަހު ލޮނުމެދު ކޮޅު އަޅާލާފައި އިރުކޮޅަކުން ކުކުޅު މަސްތައްވެސް އަޅާށެވެ. އެއަށްފަހު ދޭފަތަކުން ހަލަމުން ކުކުޅު މަސްތަކަށް ހުދުކުލަ އަރަންދެން ކައްކާލާށެވެ. އެއަށްފަހު ހަވާދުތަކާއި ތަރުކާރީ، ފިޔާ، ސޯސް ތައްވެސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން އުނދުންމަތިން ބޭލުމަށްފަހު ކުރިން މޮޑުނު ފުށްގަނޑު 6 ނޫނީ 5 ބަޔަށް ބަހާލުމަށްފަހު ގުޅަ ޖަހާށެވެ. ދެން ކޮންމެ ގުޅައަކުން ރޮއްޓެއް ދަމާލާށެވެ. އެއަށްފަހު އޭގެ މެދަށް ޗީޒް އެޅުމަށްފަހު ކުކުޅުމަސް (½ 1 ސަމުސާ) އަޅާށެވެ. ދެން މަސްގަނޑު ނިވާކުރުމަށް ރޮށީގެ ފަރާތް ފަރާތުން މަޅާލާށެވެ. އެއަށްފަހު ފުށްގުޅަ އޮމާން ކޮށްލުމަށްފަހު ކުޑަކޮށް ފަތިކޮށްލާށެވެ.

އެއަށްފަހު ބޮޑު ތެޔޮ ގަނޑެއްގައި ތެއްލާށެވެ. ބޭނުންނަމަ ފިހެލާށެވެ.