ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 10:04 ގައި ކަމަށާއި މިހާރު ފަޔާ އެންޑް ރެސްކިއުގެ ސިފައިން ވަނީ އަލިފާން ނިއްވާލާފައި ކަމަށެވެ. އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ 10:15 ހާއިރުއެވެ.

އަލިފާން ރޯވެފައިވަނީ ކުދިން ދިރިއުޅޭ ފްލޯއެއްގައެވެ. ނަމަވެސް އެއްވެސް ކުއްޖަކަށް އަދި މީހަކަށް ވެސް މިހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ހާދިސާ އިތުރަށް ބަލަމުންނެވެ.