އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުން ދިއްލީއާއި ގުޖުރާތާއި މަހާރާޝްޓްރާގައި ކޮވިޑްގެ އަދަދުތައް ދަށްވާން ފަށައިފިއެވެ. މަސް ދުވަސްވަދެން މި ސްޓޭޓްތަކުން ވަނީ އިންތިހާއަށް ގިނައިން އަދަދުތައް އިތުރު ވެފައެވެ. މިތަންތަން ފިޔަވައި، ބިހާރާއި ރާޖިސްތާނާއި ސިއްކިމް އަދި ޓެމިލްނާޑޫއާއި ތްރިޕޫރާ އަދި ވެސްޓް ބެންގޯލް އިން ކޮންމެ ދުވަހަކުވެސް ކޮރޯނާ ޖެހޭ މީހުންގެ އަދަދު އިތުރު ވާކަމަށް ދައްކައެވެ.
ހެލްތު މިނިސްޓްރީން ބުނާ ގޮތުން ބައެއް ސްޓޭޓްތަކުގައި ހާލަތު އުޅެނީ ނުތަނަވަސް ވާފަދަ ހާލަތެއްގައެވެ. އަދި މިތަންތާނގައި ކޮވިޑާ ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ. މީގެ ތެރޭގައި ކަރްނާޓަކާއި އާއި ކެރެލާއާއި ރާޖިސްތާނާއި ވެސްތް ބެންގޯލްފަދަ ތަންތަން ހިމެނެއެވެ.
މީގެ އިތުރުން މިތަންތާނގެ ހާލަތު އިތުރަށް ތަހްލީލު ކުރުމަށްވެސް ސަރުކާރުން ވަނީ ގޮވާލާފައެވެ.
އިންޑިއާއަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވެފައި ވަނީ އޮކްސިޖަން ނުލިބުމުގެ މައްސަލައެވެ. ހެލްތު މިނިސްތްރީން ބުނިގޮތުގައި މިކަން ފޫބެއްދުމުގެ ގޮތުން މިހާރު ހުރި ނައިޓްރިޖަން ޕްލާންޓްތަކުގައި އޮކްސިޖަން އުފެއްދުމަށް ސަރުކާރުން ވަނީނިންމާފައެވެ.