ކޮރެއާގެ ހުންޑާއީ ކުންފުން ބާކީވެފައިވާ ތަކެތި އަލުން ބޭނުންކޮށްގެން ފެޝަން ސާމާންތަކެއް އުފައްދައިފިއެވެ. މި ތަކެތި ދައްކާލަން ބާއްވާ މައުރަޒާއި ވިއްކުން އޮންނާނީ ލަންޑަންގައި މި ފެށޭ ހަފްތާގައެވެ.
ހުންޑާއީ ކުންފުނީގެ ކާރު އުފެއްދުމުގައި ބާކީވެފައިވާ މެޓީރިއަލް ބޭނުންކޮށްގެން އަތް ދަބަހާއި ކަންފަތުލާ ފެޝަން ގަހަނާއާއި ތަފާތު ވައްތަރުގެ ހެދުންތައް އުފައްދާފައި ވެއެވެ. މިއ އުފެއްދުންތައް އުފައްދާފައިވަނީ މަޝްހޫރު ފެޝަން ބްރޭންޑްތަކާ ގުޅިގެން އެމީހުންނާ އެކުގައެވެ.
ހުންޑާއީން ބުނާ ގޮތުގައި އެމީހުންނަކީ ތިމާވެށްޓާއި ދެމެހެއްތެނިވި ގޮތްތަކަށް ނިކަން ހައްސާސް ބައެކެވެ.
މީގައި ޔޫކޭގެ އާރތު ޕްރޮޖެކްޓާއި ޕޮޒިޓިވް ފެޝަން ޕްރޮޖެކްޓްވެސް ބައިވެރިކޮށްފައި ވެއެވެ.