ބޭނުންވާ ތަކެތި

5 ބިސް

100 ގުރާމު ހަކުރު

90 ގުރާމު ފުށް

2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ

50 ގުރާމު ވެޖިޓަބަލް އޮއިލް

1 ސައި ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ބިހުގެ ހުދުބަޔާއި ގޮބޮޅި ވަކި ކޮށްލާށެވެ. އެއަށްފަހު ގޮބޮޅި (ރީނދޫކަލާގައިވާ ބައި) ވަރަށް ރަނގަޅަށް ގިރާލާށެވެ. ގިރަމުން ދާއިރު 50 ގުރާމު ހަކުރުވެސް އެއްކުރާށެވެ. ވަރަށް ރަނގަޅަށް ގިރުމުން ބިހުގެ ހުދުބައި ގިރާލާށެވެ. ހުދުބައިވެސް ކޭކް މިކްސަރ އިން ވިޕް ވަންދެން ގިރާލާށެވެ. ގިރަމުން ދާއިރު 50 ގުރާމު ހަކުރު ކުޑަ އެތި އެތި ކޮޅުން އަޅަމުން ދާށެވެ. ރަނގަޅަށް ގިރުމުން ކުރިން ގިރާފައި ހުރި ބިހުގެ ގޮބޮޅި ބަޔާއި އެއްކޮށްލާށެވެ. އެއަށްފަހު ފުށާއި ބޭކިން ބައުޑަރ އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. މި ގޮތަށް ފުށް އަތުން އެއްކުރަމުން ގަނޑު ނުހުންނަވަރަށް ގިރާލުމަށްފަހު އެސެންސް އަޅާށެވެ. ދެން ހިމަ ދިގު ޓްރޭއެއްގައި ބޭކިން ޕޭޕާ އެޅުމަށްފަހު ފުށްގަނޑު އޮއްސާލާށެވެ. އެއަށްފަހު ތުނިކޮށް ފަތުރާ އެއްވަރު ކޮށްލާށެވެ. ވަރަށް ރަނގަޅަށް ހުރިހާ ފަރާތެއް އެއްވަރު ކުރުމަށްފަހު ފިހަން ލާށެވެ.

ކޭކް ފިހެވުމުން ނަގާ ހޫނު ކަން ހުއްޓާ ބޭކިން ޕޭޕާ ނަގާށެވެ، އަދި ވަށައިގެން ތުނިކޮށް ކައިރިފަށް ކަފާލާށެވެ. އެއަށްފަހު ކޭކު މަތީގައި މަޑުމަޑުން ދިގަށް ވަޅި ކާއްތާލާށެވެ. ދެން ބޭނުންނަމަ ފުރުޓް ޖޭމު މަތީގައި އުނގުޅުމަށްފަހު ރޯލެއް ގޮތަށް އޮޅާލާށެވެ. އޮޅާނީ ދަށަށް ބޭކިންޕޭޕާ ލާފައެވެ. އެއަށްފަހު ފުރިޖަށްލާ ގަޑިއެއްގެ އިރު ބޭއްވުމަށްފަހު ނަގާ ކަފާ ށެވެ.