ބޭނުންވާ ތަކެތި

2 ދަޅުމަސް

4 އަލުވި ތެލާފައި ނޫނީ މަޑުކޮށްފައި

4 ބިސް

2 ގިތޮޔޮ މިރުސް

1 ސައި ސަމުސާ އަސޭމިރުސް

2 ފިޔާ

1 ލުނބޯ

ރަހަލާވަރަޑް ލޮނު

ތައްޔާރުކުރާނެ ގޮތް

ފިޔާ މިރުސް ކޮށުމަށްފަހު ލުނބޯ ހުތް ޖަހައިގެން މޮޑެލާށެވެ. އެއަށްފަހު މަސްދަޅުކަނޑާލުމަށްފަހު ތެޔޮ ހުސްކޮށްލުމަށްފަހު ފިޔަ އާއި މިރުހާ އެއްކޮށް މޮޑެލާށެވެ. އެއަށްފަހު އަލުވި ދިގު ފޮތްޗަށް ކޮށާ ތެއްލަލާށެވެ. ދެން ތަވައެއްގައި ތެޔޮ އުނގުޅުމަށްފަހު ބިސްތައް ގިރާލުމަށްފަހު އަސޭމިރުހާއި ކުޑަ ލޮނުކޮޅެއް އެއްކޮށްލާށެވެ. އެއަށްފަހު ތަވައަށް ގިރި ބިހުގެ ދެބައިކުޅަ އެއްބައި އަޅާސެވެ. ދެން އޭގެ މައްޗަށް މޮޑުނު މސްގަނޑު އަޅާށެވެ. އއަށްފަހު ތެލުލި އަލުވިތައް މައްޗަށް އަޅާށެވެ. ދެން އެންމެ މައްޗަށް ގިރި ބިހުގައި ބެހެއްޓި ބާކީ ބައި އަޅާ ފެހެލާށެވެ. އެއްފަޅި ފިހެވުމުން ފުށުން ޖަހާ އަނެއް ފަޅިވެސް ފިހެލާށެވެ.