ފިޝަރީޒް މިނިސްޓަރަކަށް ހުސެއިން ރަޝީދު އަދި އެންވަޔަމަންޓަށް ޝައުނާ އައިމިނަތް ހަމަޖައްސައިފި އެވެ.

އެދެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ މިއަދުު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުންނަށް ވަޒީރުކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

އެންވަޔަރަމަންޓް މިނިސްޓަރުކަމަށް އައިމިނަތު ޝައުނާ އައްޔަންކުރައްވާފައިވަނީ، ޓެކްނޮލޮޖީ މިނިސްޓްރީއާއި އެންވަޔަރުމަންޓް އެއްކޮށްލުމަށްފަހުއެވެ. އެ ވުޒާރާގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމަޓް ޗޭންޖު އެންޑް ޓެކްނޮލިޖީއަށް ބަދަލުކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވި ގޮތުގައި މި ބަދަލުތައް ރައީސް ކެބިނެޓަށް ގެންނެވީ ސަރުކާރުން ދެމުން އަންނަ ހިދުމަތް ރަނގަޅު ކުރުމަށާއި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އަވަސް ކުރުމުގެ ގޮތުންނެވެ.