ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހްމަދު ހަމްދާން އައްޔަންކުރައްވައިފިއެވެ.

އަހްމަދު ހަމްދާން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހަމްދާން އެމަގާމަށް އައްޔަނު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ، އެންވަޔަރަމަންޓް މިނިސްޓަރަކަަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.
އަޙްމަދު ޙަމްދާން މީގެ ކުރިން އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމެވެ. ހަމްދާން އަންޑާ ސެކެޓްރީގެ މަގާމު ފުރުއްވަން ފެއްޓެވީ 2018 ވަނަ އަަހަރު އެވެ.
ހަމްދާން ވަނީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން އޮސްޓްރޭލިއަން ނެޝެނަލް ޔުނިވާސިޓީން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވައި އަދި ޔުނިވާސިޓީ އޮފް މެންޗެސްޓާގައި އިލެކްޝަންސް އެންޑް ޑިމޮކްރަސީއިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ.