ބޭނުންވާ ތަކެތި

1 ދަޅުމަސް

1 ޖޯޑު ކެބެޖު ކޮށާފައި

3 ބިސް

1 ގިތެޔޮ މިރުސް

1 ބޮޑު ފިޔާ

1 މޭޒުމަތީ ސަމުސާ އަސޭމިރުސް

½ ލުނބޯ

½ 1 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ތެޔޮ

ފެން ( ފުށް މޮޑުމަށް)

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

3 ބިސް ރަނގަޅަށް ފެނުގައި ކައްކާލުމަށްފަހު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ފިޔާ ކެބްޖު، މިރުސް ކޮށާލުމަށްފަހު ހުތް ޖަހައި ލޮނު ލައިގެން މޮޑެލާށެވެ. ދެން މަސްދަޅުވެސް އެއްކޮށްލާށެވެ. އަދި އަސޭމިރުސްކޮޅުވެސް އެއްކޮށްލާށެވެ. އެއަށްފަހު ތަވައެއް އުނދުންމައްޗަށް އުދައި ތެޔޮ ފޮދެއް އުޅުމަށްފަހު ތައްޔާރުކުރި މަސްގަނޑު ހަނާކޮށްލާށެވެ. މަސްގަނޑު ހަނާވުމުން ލޮނު ހެޔޮވަރު ކުރުމަށްފަހު ބިސްކޮޅު އެއްކޮށްލާށެވެ އެއަށްފަހު އުނދުން މަތިން ބާލައި ހިހޫ ކޮށްލާށެވެ. ދެން ރޮށި ފިހަން ފުށްމޮޑޭގޮތަށް ފުށްމޮޑެ ކުދި ގުޅަ ޖަހައި ކުދި ކޮށް ދެމުމަށްފަހު ތައްޔާރު ކުރި މަސް އަޅައި ކީމިޔާގޮތަށް ފަތް ޖަހައި ތަތްކޮށްލާށެވެ. އެއަށްފަހު ފިހެލާށެވެ. ބޭނުންނަމަ ތެއްލެވިވެސްދާނެއެވެ.